Roadha Mihaaru
އިމާމުންނަށް މޮރޮކޯ އިން ފުރުސަތު ހޯދަން މަޝްވަރާކޮށްފި

އިމާމުންނަށް މޮރޮކޯ އިން ތަމްރީނު ފުރުސަތު ހޯދަން މަޝްވަރާކޮށްފި

15 ނޮވެމްބަރ 2019

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތު ހޯދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީނުގެ ފުރުސަތު ހޯދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ތަމްރީން ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ މިނިސްޓަރު ޝާހިދު، މޮރޮކޯގެ އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް އަހުމަދު ތައުފީޤްއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. މޮރޮކޯގެ އިސްލާމިކް އެފެއާޒްގައި ބޭއްވި އެ ބައްދަލުވުމުގައި، ރާއްޖެ އަށް އިސްލާމް ދީން ތައާރަފްވީ މޮރޮކޯގެ އަބުލް ބަރަކާތު ޔޫސުފުލް ބަރްބަރީގެ ފަރާތްޕުޅުން ކަން ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ ދީނުގެ އަސާސްތައް އިއާދަކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާއި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މޮރޮކޯގެ މިނިސްޓާ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް އަހުމަދު ތައުފީޤްއާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މޮރޮކޯގެ މިނިސްޓާ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް އަހުމަދު ތައުފީޤްއާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ

އަދި އިސްލާމީ ފުރިހަމަ އަގީދާގެ މަތިވެރިކަމާއި މޫރިތިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް މިނިސްޓަރު ޝާހިދު ތަރުހީބުދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި، ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒް އާއި ފޮރިން މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.