22 ނޮވެމްބަރ 2019
އަންނަ މަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގައި ހިމެނޭ ލަވަ "އަކިޔޯން ސޭ ގޯލޭ މާރޭ" ދައްކާލައިފި އެވެ.
އަންނަ މަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގައި ހިމެނޭ ލަވަ "އަކިޔޯން ސޭ ގޯލޭ މާރޭ" ދައްކާލައިފި އެވެ.
މުދައްސަރު އަޒީޒް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މި ލަވައިން ފެނިގެން ދަނީ ލީޑް ތަރިން ކަމަށްވާ ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕްޑެނޭކަރެވެ. "އަކިޔޯން ސޭ ގޯލޭ މާރޭ" އަކީ 1998 ގައި ރިލީޒްކުރި ގޯވިންދާ އާއި ރަވީނާ ޓަންޑަންގެ ކޮމެޑީ ފިލްމު "ދުލްހޭ ރާޖާ" އިން މަޝްހޫރުވި ލަވައެކެވެ.
އެ ލަވައިގެ އާ ވާޝަނެއް "ޕަތީ ޕަތުނީ އޯރް ވޯ" ގައި ހިމެނި އިރު، އެ ލަވަކިޔާފައި ވަނީ މިކާ ސިންގް އާއި ތުލްސީ ކުމާރެވެ. ތަނިޝްގް ބަގްޗީ ލަވައިގެ މިއުޒިކާ ކުޅެފައިވާ އިރު ޅެން އަތުރާފައި ވަނީ ޝައްބީރު އަހުމަދެވެ. ކުރީގެ ލަވަ ސޯނޫ ނިގާމާއި ޖަސްޕިންދަރު ނަރޫލާ ކިޔާފައިވާ އިރު، ލަވައިގެ މިއުޒިކް ހެދީ އާނަންދު-މިލިންދު އެވެ. ޅެން ހެދީ ސަމީރެވެ.
My Fav #AnkhiyonSeGoliMare Is finally out
— Kartik Aaryan (@TheAaryanKartik) November 20, 2019
Choreographed by my fav @farahkhankunderhttps://t.co/7R6UV8D7Sr#PatiPatniAurWoh ???@bhumipednekar @ananyapandayy @mudassar_as_is @itsBhushanKumar @junochopra @brstudiosllp @mikasingh @tulsikumartk @tanishkbagchi #ShabbirAhmed @TSeries
އަންނަ މަހުގެ 6 ގައި ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" އަކީ 1987 ގައި ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރިމެކެކެވެ.
އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ ކާސްޓަށް އިންޑިއާ އިން ބޭރުގެ ތަރިންތަކެއް ހަމަޖައްސައި، އެ މީހުންގެ ކެރެކްޓާތަކުގެ ނަންތައް ވެސް އިއުލާންކޮށްފި އެވެ.
Really overwhelmed by the lovely responses! Thank you all for being so welcoming. I am so excited to be a part of #RRRMovie ?? https://t.co/hHEgY5jnTR
— Olivia Morris (@OliviaMorris891) November 20, 2019
އެގޮތުން ފިލްމުގެ ލީޑް އެއް ބަތަލާއަކަށް ހަމަޖައްސާފައި ވަނީ އޮލީވިއާ މޮރިސް އެވެ. އޭނާ ފެނިގެންދާނީ އެންޓީއާރް ޖޫނިއާގެ ކުޅޭ ކެރެކްޓާގެ ލޯބިވެރިޔާ ޖެނިފާގެ ރޯލުންނެވެ. "އާރްއާރްއާރް" ގެ އަނެއް ބަތަލު ރާމް ޗަރަންގެ ލޯބިވެރިޔާގެ ގޮތުގައި ފެންނާނީ އާލިއާ ބަޓެވެ.
މި ފިލްމުގެ ކާސްޓަށް ނެގި ބޭރުގެ ތަރިންގެ ތެރޭގައި ދެން ހިމެނެމީ ފިލްމުގެ ނުބައިބައި ރޯލް ސްކޮޓްގެ ރޯލް ކުޅޭ ރޭ ސްޓީވެންސަން އާއި އޭނާގެ އަންހެނުން ލޭޑީ ސްކޮޓްގެ ރޯލް ކުޅޭ އެލިޒަން ޑޫޑީ އެވެ.
އަންނަ އަހަރުގެ ޖުލައި 30 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "އާރްއާރްއާރް" ގެ ކާސްޓުންގެ ތެރޭގައި އަޖޭ ދޭވްގަން ވެސް ހިމެނެ އެވެ. މި ފިލްމަކީ "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ރާޖަމޯލީ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"އާރްއާރްއާރް" ގައި ކިޔައިދޭނީ 1920 ހިނގާ ހިޔާލީ ހަނގުރާމައެއްގެ ވާހަކަ އެވެ.
ސްޓާ ޕްލަސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ކައްކާ ޝޯ "މާސްޓަ ޝެފް އިންޑިއާ" ގެ ހަ ވަނަ ސީޒަން އަންނަ މަހުގެ 7 ގައި ދައްކަން ފަށާ ގޮތަށް ނިންމައިފި އެވެ.
Tasty Dish, Varna Game Finish!#MasterChefIndia, Starts 7th December, 9.30pm only on StarPlus and Hotstar.@TheVikasKhanna @ranveerbrar @Vineet_Bhatia@Amul_Coop pic.twitter.com/yuhHXFlkQY
— StarPlus (@StarPlus) November 19, 2019
މި ފަހަރު ޝޯގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ސެލެބްރިޓީ ޝެފުން ކަމަށްވާ ވިކާސް ކަންނާ އާއި ރަންވީރު ބްރާރްގެ އިތުރުން ވިނީތު ބާޓިއާ އެވެ. "މާސްޓަ ޝެފް އިންޑިއާ" ކާމިޔާބުކުރާ މީހަކަށް 10،000،000 ރުޕީސް (140,065 ޑޮލަރު) އާ އެކު ކައްކާ ފޮތެއް ނެރުމުގެ ފުރުސަތާއި އަމިއްލަ ކައްކާ ޝޯއެއް ތައްޔާރުކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.
މި ޝޯ އިންޑިއާގައި 2010 ގައި ދައްކަން ފެށި އިރު، ފަސް ވަނަ ސީޒަން ގެނެސްދިނީ 2016 ގަ އެވެ. އެ ފަހަރު ޝޯ ކާމިޔާބުކުރީ ކިރުތީ ބުޓީކާ އެވެ.
ކެރިއަރުގެ ކުރީކޮޅުގައި އެކީގައި ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ރިޝީ ކަޕޫރާއި ނީޓޫ ސިންގް އަލުން އެކީގައި ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.
މި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ދަރިފުޅު ރަންބީރު ކަޕޫރް 2013 ގައި ކުޅުނު "ބޭޝަރަމް" އިންނެވެ. ރިޝީ އާއި ނީޓޫ އެންމެ ފުރަތަމަ އެކީގައި ކުޅުނު ފިލްމަކީ ކައިވެނިކުރުމުގެ ކުރިން 1974 ގައި ކުޅުނު "ޒެހްރީލާ އިންސާން" އެވެ.
ދެމަފިރިން އަލަށް ސޮއިކުރި ފިލްމަކީ 2015 ގައި ރިލީޒްކުރި ބެންގާލީ ފިލްމު "ބޭލާ ސެޝޭ" އެވެ. ޝިބޯޕްރަސާދު މުކަރްޖީ އާއި ނަންދިތާ ރޯއި ޑައިރެކްޓްކުރި އެ ފިލްމުގައި ކިޔައި ދެނީ 50 އަހަރުވީ ކައިވެންޏަށް ހަތަރު ދަރިން ލިބިފައި ވަނިކޮށް ވަކިވާ ދެމަފިރިއެއްގެ ވާހަކަ އެވެ.
"ބޭލާ ސެޝޭ" ގެ ހިންދީ ރިމެކް ޕްރޮޑިއުސްކުރަނީ ރިލަޔަންސް އެންޓަޓައިންމަންޓުންނެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
އަހަރުގެ ބޮޑު ފިލްމަށް އާ ދެ ތާރީހެއް
ކޮވިޑާ ހެދި އިންޑިއާ ސިނާމާގެ އާ ފެށުން ފެނަށް
"އާރްއާރްއާރް" ގެ ޓްރެއިލާ އިން ހިތްފުރޭނެ
އާލިއާގެ އެންމެ ކުޑަ ރޯލު "އާރްއާރްއާރް" ގައި
ރާޖަމޯލީއާ ހެދި ބަންސާލީގެ ފިލްމު ފަސްކޮށްފި
ބަންސާލީ އާއި ރާޖަމޯލީ ވެސް ތާރީހާ ވިއްދާފައި
"އާރްއާރްއާރް" ގެ ޓީޒާއަކުން ފިލްމުގެ ވަރުގަދަ ކަން
އާލިއާ އާއި އަޖޭ ޖެނުއަރީގައި ކުރިމަތިލުމަކަށް
ރާއްޖޭގައި އަޖޭއާ އެކު ވިކީ ވެސް ޑިސްކަވަރީގެ ޝޯގައި
ޑިސްކަވަރީގެ ޝޯގެ ޝޫޓިން އަޖޭއާ އެކު ވ. އަތޮޅުގައި