Roadha Mihaaru
އަލަށް ހެދި ވެހިކަލްގެ ސަބަބުން ޓެސްލާ އަށް ގެއްލުން

އަލަށް ހެދި ވެހިކަލްގެ ސަބަބުން ޓެސްލާ އަށް ގެއްލުން

25 ނޮވެމްބަރ 2019

ބުރާސްފަތި ދުވަހު ދައްކައިލި ޓެސްލާގެ އާ އުޅަނދު "ސައިބަޓްރަކް" އަށް އަމާޒުވެފައިވާ ފާޑުކިތުންތަކާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވެއްޓިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބުރާސްފަތި ދުވަހު ދައްކައިލި ޓެސްލާގެ އާ އުޅަނދު "ސައިބަޓްރަކް" އަށް އަމާޒުވެފައިވާ ފާޑުކިތުންތަކާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވެއްޓިއްޖެ އެވެ.

ފޯބްސް އިން ބުނި ގޮތުގައި ޒަމާނީ އުޅަނދެއްގެ ގޮތުގައި "ސައިބަޓްރަކް" ދައްކައިލަން ބޭއްވި ހަފުލާގެ ތެރޭގައި އޭގެ ވަރުގަދަކަން ދެއްކުމަށް، ދަގަނޑު ބޯޅަަކުން ދޮރުތަކުގެ ބިއްލޫރިގަނޑުގައި ޖެހުމުން ރެނދުލައި ހަލާކުވި އެވެ. އަދި އޭގެ ކޮލިޓީއާ ދޭތެރޭ ސުވާލުއުފައްދަން ފެށުމާ އެކު ހިއްސާގެ ބާޒާރުގައި ޓެސްލާ އަށް ހަ ޕަސެންޓްގެ ވެއްޓުމަކާ އެކު ކުންފުންޏަށް 24 ގަޑިއިރުގެ ތެރޭގައި 768 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ދެހާސް އެކާވީހުގެ ފަހުކޮޅު ބާޒާރަށް ނެރެން ނިންމާފައިވާ "ސައިބަޓްރަކް" ބުރާސްފަތި ދުވަހު ކެލިފޯނިއާގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ދައްކައިލީ ވަޒަން އެރިޔަސް ހަލާކު ނުވާ ވަރުގަދަ ބިއްލޫރި ހިމަނައިގެން ކަމަށް ބުންޏަސް ޑެމޯގެ ތެރޭގައި އުޅަނދުގެ ބިއްލޫރިގަނޑުގައި ރެނދުލައި ފޫއެޅުމުން ވަރަށް ގިނަ ބަޔަކު ވަނީ ޓެސްލާ އާއި އީލޮން އަށް ޖޯކް ޖަހައިފަ އެވެ. އަދި "ސައިބަޓްރަކް" ގެ ބިއްލޫރި ހުރީ ކާޑްބޯޑް ކަރުދާހުންތޯ ސުވާލުކޮށް، ޖޯކްޖަހާފައިވެ އެވެ.