Roadha Mihaaru
އިންޑިއާގެ "ވޮރެން ބަފެޓް" މަރުވެއްޖެ

އިންޑިއާގެ "ވޮރެން ބަފެޓް" މަރުވެއްޖެ

15 އޯގަސްޓް 2022

އިންޑިއާގައި ސްޓޮކް އިންވެސްޓް ކުރުމުގައި އެންމެ ކާމިޔާބު ބިލިއަނަރު ރާކޭޝް ޖުންޖުންވާލާ މަރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގައި ސްޓޮކް އިންވެސްޓް ކުރުމުގައި އެންމެ ކާމިޔާބު ބިލިއަނަރު ރާކޭޝް ޖުންޖުންވާލާ މަރުވެއްޖެ އެވެ.

އިންޑިއާގެ "ވޮރުން ބަފެޓް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ރާކޭޝް މަރުވީ އުމުރުން 62 އަހަރުގަ އެވެ. އޭނާގެ މިލްކިއްޔާތުގައި ހަ ބިލިއަން ޑޮލަރު އެބަ ހުއްޓެވެ.

އޭނާ މަރުވި އިރު މީގެ ދުވަސްކޮޅެއް ކުރިން ވަނީ އޭނާގެ އަމިއްލަ ބަޖެޓް އެއާލައިން އާކާސާ އެއާ ލޯންޗުކޮށްފަ އެވެ.

ރާކޭޝްގެ ހިއްސާ، އިންޑިއާގެ މުއްސަނދި ޓާޓާ ގްރޫޕްގެ ދަށުން ހިންގާ ޓާޓާ މޮޓޯސް އާއި ޓާޓާ ކޮމިއުނިކޭޝަން އަދި ޓާއިޓަން އާއި ތާޖް ހޮޓެލްސްގައި ވެސް އޮވެ އެވެ. އަދި ފެޑެރަލް ބޭންކާއި ސްޓާ ހެލްތް އިންޝުއަރެންސް އާއި އިންޑިއާބުލްސް ހައުސިން ފައިނޭންސް ގައި ވެސް އިންވެސްޓްކޮށްފައިވެ އެވެ.