ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމާ ގުޅޭ އިިސްލާހަށް ހިޔާލު ހުށަހަޅަން ސިޔާސީ ޕާޓީތަކަށް ފޮނުވައިފި އެވެ.
25 ނޮވެމްބަރ 2019
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބަލައި ފައިސާ ދިނުމާ ގުޅޭ އިިސްލާހަށް ހިޔާލު ހުށަހަޅަން ސިޔާސީ ޕާޓީތަކަށް ފޮނުވައިފި އެވެ.
މޯލްޑިވްސް ރިފޯމް މޯލްޑިވްސް (އެމްއާރުއެމް) ރަޖިސްޓްރީކޮށްދިން ކަމުގެ ލިޔުން ހަވާލުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީތަކަށް ދައުލަތުން އެހީދޭއިރު، ހަމައެކަނި މެމްބަޝިޕަށް ބެލުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ވެސް ހަމަޖައްސާނެ ކަމަށެވެ.
އެކަމަށް ހިޔާލު ހޯދަން ޕާޓީތަކަށް ފޮނުވާފައިވާއިރު، އެ އިސްލާހު މަޖިލީހަށް ހުށަހަޅަން ވަރަށް އަވަހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާނެ އެވެ.
އީސީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މެމްބަރުންގެ އަދަދު ކިތަންމެ މަދަސް އިދާރީ ހިންގުމަށް ދައުލަތުން ފައިސާގެ ވަކި މިންވަރެއް ދޭނެ އެވެ.
ދައުލަތުން މިހާރު ފައިސާ ދެނީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
އެ ކޮމިޝަންގެ ދަފްތަރަށް ބަލާއިރު އެ އަދަދަށް މެމްބަރުން ހަމަވާނީ އެންމެ ތިން ޕާޓީއެކެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމާ ގުޅޭގޮތުން ވެސް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވާނެ ކަމަށެވެ.
އޮޑިިޓް ރިޕޯޓާއި މާލީ ބަޔާން މިހާރު ހުށަހަޅަމުން އަންނަނީ އީސީއަށް ނަމަވެސް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އޮޑިޓް އޮފީހަށް ރިޕޯޓު ފޮނުވުމަށެވެ.
ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު ލާން ޕޯޓަލްއެއް
ޕާޓީތަކަށް ފައިސާ ދޫނުކުރެވެނީ ބަޖެޓް ތާށިވެގެން
އެންއައިސީގެ ކުރީގެ ރައީސް ސިޔާސީ ޕާޓީއެއް ހަދަނީ
އެމްޑީއޭ 50،000ރ. އިން ޖޫރިމަނާކުރަން ނިންމައިފި
"ދިވެހި އެންމެންގެ ޕާޓީ" ހަދަން ހުއްދަ ދީފި
ލީޑަޝިޕުން އަންހެނުންނަށް ކޯޓާ ދޭން ޕާޓީތައް ގަބޫލު
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ކޮންގްރެސް ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށް، އިލްތިމާސެއް
ގާނޫނުން ބޭރުން އަމަލެއް ނުކުރަން: އީސީ