26 ނޮވެމްބަރ 2019
"ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި އެމްއެމްޕީއާރުސީން މި އަހަރު ކުރިއަށް ގެންދާ ސިލްސިލާ ރޯޑްޝޯގެ އެންމެ ފަހުގެ ހަރަކާތްތައް ޗައިނާގައި ފަށައިފި އެވެ.
"ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި އެމްއެމްޕީއާރުސީން މި އަހަރު ކުރިއަށް ގެންދާ ސިލްސިލާ ރޯޑްޝޯގެ އެންމެ ފަހުގެ ހަރަކާތްތައް ޗައިނާގައި ފަށައިފި އެވެ.
ސިންގަޕޯ އެއާލައިނާ ގުޅިގެން އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މި ރޯޑްޝޯ ކުރިއަށްދާނީ ޑިސެމްބަރު 2 ގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިން އާއި ޝަންހާއީ އާއި ގުއަންޒޯގެ އިތުރުން ޗެންޑޫގަ އެވެ. މި ހަރަކާތް ކުރިއަށްދާ ދުވަސްތަކުގައި ކޮންމެ ސިޓީއަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޗުއްޓީތައް ދީފައިވަނީ ޕެރެޑައިޒް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ރޮބިންސަން ކްލަބް އަދި ފުރަވެރި އައިލެންޑް ރިސޯޓުންނެވެ.
މި ރޯޑްޝޯގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 11 ކުންފުންޏަކުން ބައިވެރިވެ އެވެ. އެ ކުންފުނިތަކަށް ޗައިނާގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ރާއްޖެއާ ގުޅޭ ޕްރެޒެންޓޭޝަންތައް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޗައިނާގައި ކުރިއަށްދާ ރޯޑް ޝޯގައި ނަސީޞުވެރިއަކަށް އިނާމް ހަވާލު ކުރަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީން ވަނީ ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން މި އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓް (ކޮޓަމް) ގައި ވެސް ބައިވެރިވި އެވެ. މި ފެއާއަށް 200،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގަ އާއި ޑިޖިޓަލް މީޑިއާ ކެމްޕޭންތަކާއި ޗައިނާގެ މީޑިއާތައް ރާއްޖެއަށް ގެނައުމާއި އެ ގައުމުގައި އައުޓްޑޯ އެޑްވަޓައިޒިން ފަދަ ހަރަކާތްތައް ވެސް އެމްއެމްޕީއާރުސީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގެ ސަބަބުން މި އަހަރު ޗައިނާގެ މާކެޓުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން 230،349 ޓޫރިސްޓުން އައިސްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.7 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ޗައިނާގެ އެޖެންސީތަކުގެ ދަތުރުތައް މެދުކަނޑާލަނީ
ޖަރުމަނާއި އޮސްޓްރިއާގައި ރޯޑްޝޯއެއް ފަށައިފި
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"