Roadha Mihaaru
މަޖިލިހުގެ ފަހު ދައުރު ނިމޭނީ އަންނަ މަހުގެ 5 ގައި

މަޖިލީހުގެ ފަހު ދައުރު އަންނަ މަހުގެ ފަހަކަށް އިތުރުކޮށްފި

26 ނޮވެމްބަރ 2019

ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރުމުން، މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަހަކާ ހަމައަށް ކުރިއަށް ގެންދިއުމަށް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާނީ ޖޫން މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށެވެ. ތިން ވަނަ ދައުރުގެ މަސައްކަތް ކުރާނީ އޮކްޓޯބަރާއި ނޮވެމްބަރު މަހު އެވެ.

ގަވައިދުގައިވާ ގޮތުން، ފަހު ދައުރު ނިންމައި އަންނަ ބުރާސްފަތި ދުވަހު މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ.

އެކަމަކު، މަޖިލިހުގެ މިއަދުގެ ޖަލްސާ ގައި ނެގި ވޯޓުގައި ނިންމީ އެ ދުވަހު ޗުއްޓީ އަށް ވަޑައިގަތުމުގެ ބަދަލުގައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ ގައި އެއްކޮށް މަސައްކަތް ކުރުމަށެވެ.

އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ތިން ވަނަ ދައުރު ދިގު ދަންމައިލަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.

މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވީ މަޖިލިހުގައި މުހިންމު ބިލްތަކަކަށާއި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އެހެންވެ، މަޖިލިހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ހުށަހެޅީ ރިޔާސަތުންނެވެ.

މަޖިލިހުގައި ހުރި މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު، ފާސްނުކޮށް ބޮޑު ކަމަކަށް އޮތީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 37 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓެވެ. ބަޖެޓު ދިރާސާ ކޮމިޓީން ބަޖެޓު ދިރާސާ ކުރުމަށް ފަހު މަޖިލިހުގެ ތަޅުމަށް ވަނީ ހުށަހަޅައިފަ އެވެ.

އެކަމަކު، މިއަދާ ހަމައަށް އައި އިރު، ކޮމިޓީ ރިޕޯޓު މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާއެއް ނުކުރެ އެވެ.