ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ކަމަށް ލީނާ މުހައްމަދު ޒާހިރު ހުސައިން މިއަދު ހަމަޖައްސައިފި އެވެ.
26 ނޮވެމްބަރ 2019
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަން ކަމަށް ލީނާ މުހައްމަދު ޒާހިރު ހުސައިން މިއަދު ހަމަޖައްސައިފި އެވެ.
މީރާގެ ބޯޑުގެ ޑެޕިއުޓީ ޗެއާޕާސަނަކީ ބޯޑު މެމްބަރުންގެ ތެރެއިން ކަނޑައަޅާ ބޭފުޅެކެވެ.
މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ބޭފުޅަކާއި ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަސް ބޭފުޅަކާއި ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.
ޓެކްސް ނެގުމާ ބެހޭ ގާނޫނަށް މި އަހަރު ގެނައި އިސްލާހާ އެކު މީރާގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރު ލިބެނީ ފިނޭންސް މިނިސްޓަރަށެވެ. އެ މަގާމަށް ފިނޭންސް މިނިސްޓަރު ވަނީ އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް އާދަމް ހަމަޖައްސަވައިފަ އެވެ. ޑެޕިއުޓީ ކަމިޝަނާ އޮފް ޓެކްސޭޝަން އަކީ އަސްމާ ޝަފީއު އެވެ.
ޑެޕިއުޓީ ޗެއާޕާސަން ކަމަށް ހަމަޖެއްސި ލީނާ މެލޭޝިއާ އާއި އޮސްޓްރޭލިއާ އިން ބިޒްނަސްގެ ރޮނގުން ކިޔަވާ ވިދާޅުވުމަށް ފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ ފިނޭންސް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީގައި މެދުކެނޑުމެއް ނެތި ގާތްގަނޑަކަށް 14 އަހަރު ޚިދުމަތް ކުރައްވައި މީރާ އުފެދުމާ އެކު އެ މުއައްސަސާއާ ގުޅިވަޑައިގަތެވެ. ލީނާ މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގަ އެވެ. ސްޓެލްކޯ އާއި އެމްޓީޑީސީ އާއި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ފަދަ ބޯޑުތަކުގައި ވެސް ލީނާ، ސަރުކާރުގެ ޝެއާހޯލްޑަރެއްގެ ގޮތުން ފިނޭންސް މިނިސްޓްރީ ތަމްސީލް ކުރެއްވި އެވެ. ފިނޭންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމާއި މީރާގެ ޑިރެކްޓާ ޖެނެރަލް، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާވިސްގެ މަގާމް އަދާކުރެއްވި އެވެ.
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީއަށް، ރަނގަޅުތަ؟
ޓެކްސްގެ ނިޒާމަށް އިންސާފުވެރިވާން ކޮމިޝަނަރު އެދިއްޖެ
ޑޮލަރުން ލިބޭ އާމްދަނީއަށް 120 މިލިއަން އިތުރުވާނެ
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި
އެކައުންޓިން ދާއިރާގެ ބޮޑު ދެ ފޯރަމެއް ރާއްޖޭގައި
ފުރަތަމަ ޓެކްސް ފޯރަމް ހޮނިހިރު ދުވަހު ބާއްވަނީ
ނުވަ މަހުން ދައުލަތަށް ޓެކުހުން 20 ބިލިއަން ވަދެއްޖެ
ދަރުމަވަންތަ މަޝްރޫއުގެ ޓެކްސްގެ މައްސަލާގައި އަމުރެއް
ފުރަތަމަ ހަމަހު ޓެކުހަށް 774 މިލިއަން ޑޮލަރު
އިންކަމް ޓެކުހަށް 1.5 ބިލިއަން ރުފިޔާ