27 ނޮވެމްބަރ 2019
ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅި ދޫކުރާނެ ގޮތާއި ހަދާނެ ގޮޅީގެ އަދަދާ މެދު މާލޭ ސިޓީ ކައުންސިލްގެ ތެރޭގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފައި ވަނިކޮށް، އެ މައްސަލަ ހައްލުކުރައްވަން، ކުރީގެ ރައީސް އަދި ރަައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަަސައްކަތް ފައްޓަވައިފި އެވެ.
ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅި ދޫކުރާނެ ގޮތާއި ހަދާނެ ގޮޅީގެ އަދަދާ މެދު މާލޭ ސިޓީ ކައުންސިލްގެ ތެރޭގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފައި ވަނިކޮށް، އެ މައްސަލަ ހައްލުކުރައްވަން، ކުރީގެ ރައީސް އަދި ރަައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަަސައްކަތް ފައްޓަވައިފި އެވެ.
ނަޝީދު މި މައްސަލައިގެ ތެރެއަށް ވެންނެވީ ގޮޅިތައް ދޫކުރާނެ އުސޫލުތައް ކަނޑައަޅަން، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އެކުލަވާލި ސަބް ކޮމިޓީ މެދުވެރިކޮށެވެ. އެ ކޮމިޓީގައި ނަޝީދުގެ އިތުރުން ތިއްބަވަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ކައުންސިލްގެ މެމްބަރުން ކަމަށް ވާ މުހައްމަދު ފަޒީން އާއި އަހުމަދު ޒަމީރާއި އަޒްރާ މޫސާ އަދި އަހުމަދު ނިޔާޒެވެ.
މި ސަބް ކޮމިޓީގެ އިތުރުން މިދިއަ ބުރާސްފަތިދުވަހު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކަށް ފަހު، މާރުކޭޓްގައި ހިމެނޭ ގޮޅިތަކުގެ އަދަދު ކަނޑައަޅަން ވެސް ވަނީ ސަބް ކޮމިޓީއެއް ނަގައިފަ އެވެ. އެ ކޮމިޓީގައި ފަޒީން އާއި ޒަމީރާއި ޝަމާއުގެ އިތުރުން ހިމެނެނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނެވެ.
އެކަމަކު މި ކޮމިޓީން ފަޒީން އާއި ޒަމީރު ވަނީ ތަނާޒުލްވެވަޑައިގެންފަ އެވެ. އޭގެ ސަބަބެއް ކަމަށް، ފަޒީން ވިދާޅުވީ، 117 ގޮޅި ހަދަން ސިޓީ ކައުންސިލުން އޭރު ނިންމީ އެ ބޭފުޅުން ތިއްބަވައިގެން ކަމަށް ވާތީ ކަމަށެވެ.
ދަތުރުވެރިންގެ މާރުކޭޓް މަރާމާތުކުރަން ބަންދުކުރިތާ މިހާރު ތިން މަސް ވެއްޖެ އެވެ. ސިޓީ ކައުންސިލުން ފުރަތަމަ ބުނީ މަހެއްހާ ދުވަހުގެ ތެރޭގައި އެތަން އަލުން ހުޅުވާނެ ކަމަށެވެ. ނަމަވެސް ގޮޅިތަކުގެ އަދަދާއި ދޫކުރާނެ އުސޫލަކާ މެދު އުފެދުނު ހިޔާލު ތަފާތުންވުންތަކާ އެކު ސިޓީ ކައުންސިލުން ހައްލެއް ނުހޯދި އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ވެސް ބަލާފައިވެ އެވެ.
އެ ކޮމިޓީއަށް ކައުންސިލް މެމްބަރުން ހާޒިރުކޮށް ދެއްކި ވާހަކަތަކުގައި، ފަޒީން އާއި މޭޔަރު ޝިފާ މުހައްމަދާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނެވެ.
މަރާމާތުކޮށް އަލުން ހުޅުވާ އިރު މާރުކޭޓްގައި ހުންނާނީ 117 ގޮޅި ކަމަށް، ކައުންސިލުން ނިންމާ ފާސްކުރީ އޮކްޓޯބަރު 15 ގައި އޮތް ކައުންސިލް ބައްދަލުވުމުގަ އެވެ. އެކަމަކު އެއީ މާ މަދު އަދަދެއް ކަމަށް ދެކެވަޑައިގެން، ކައުންސިލްގެ ނިންމުން ތަންފީޒްނުކުރަން ޝިފާ މަސައްކަތް ކުރައްވާ ކަމަށް، ފަޒީން ތުހުމަތުކުރައްވަ އެވެ.
މާރުކޭޓް ބަންދުކުރި އިރު އެތަނުގައި 160 ގޮޅި ހުއްޓެވެ. މާރުކޭޓް ބަންދުކުރުމަށް ފަހު މަސައްކަތް ފެށުމުގެ ކުރިން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި، ސިޓީ ކައުންސިލްގައި އޮންނަ މާރުކޭޓާ ބެހޭ ކޮމިޓީގެ މުގައްރިރު ފަޒީން ވިދާޅުވެފައި ވަނީ އެތަނުގައި ހަދާނީ 63 ގޮޅި ކަމަށެވެ. އެ އަދަދު އިތުރުކޮށް މަސައްކަތް ފެށީ އޭގެ ފަހުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގައި ސިޓީ ކައުންސިލްގެ މެމްބަރުން ދެއްކެވި ވާހަކަތަކުން އެނގުނީ ޝިފާ ބޭނުންވަނީ އެތަނުގައި 193 ގޮޅި ހަދަން ކަމަށެވެ. ނަމަވެސް އެވަރަށް ގޮޅި އިތުރުކުރަންޏާ، ގޮޅިއެއްގައި ހުންނާނީ އެންމެ ހަތަރު ފޫޓެވެ. މާރުކޭޓްގައި 117 ގޮޅި ހަދަމުން އައީ ދިގު މިނުގައި އަށް ފޫޓު އަދި ފުޅާ މިނުގައި 6.5 ފޫޓު ބަހައްޓައިގެންނެވެ.
މާލެއަށް އައީ ކީއްކުރަން؟
"ރަށްފުށު ދިރިއުޅުމަށް އާ ޖީލު ޝައުގުވެރިއެއް ނުވޭ"
މި ރަތް ރޮނގުގެ މާނައަކީ ކޮބާ؟
އަކްރަމް ބަލިކޮށް މާލޭގެ އެމްޑީޕީގެ ރައީސްކަން ޝިފާއަށް
ބިން ހުސްކުރުން ލަސްވަނީ ކުއްޔަށް ދީފައި އޮތުމުން
ހުއްދައާ އެކު ބިއްލޫރިޖެހިގޭގައި ޕާކިން ޒޯން ހަދަނީ
ގޯޅި ހަނިކަމުން ނަޝީދަށް ސެކިއުރިޓީ ދޭން އުނދަގޫ
އާ ކައުންސިލަރުންނަށް ސިޓީ ކައުންސިލްގެ ތައާރަފެއް
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި ފަށަނީ