ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ގާސިމް ރޭ ރައްދު ދެއްވައިފި އެވެ.
27 ނޮވެމްބަރ 2019
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ގާސިމް ރޭ ރައްދު ދެއްވައިފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ގާސިމަށް ފާޑުވިދާޅުވަމުން ޔާމީީން ވިދާޅުވީ ޖަލަށް ދާން ޖެހުމުން ގާސިމް އޮންނެވީ ހޮސްޕިޓަލްގެ އައިސީޔޫ ގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީ އަށް ބަޔަކު ސޮއިކުރުމަށް ކުނޫޒުގައި ބޭއްވި ޖަލްސާގައި ޔާމީނަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ ނުހައްގުން ގާސިމް ޖަލަށް ލާން ބަޔަކު އުޅުނުކަން ޔާމީންގެ އެ ވާހަކަ އިން އެނގިއްޖެ ކަމަށެވެ. އެކަމަކު މީހަކު ޖަލަށް ލާން ގާސިމް ނޫޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިހާރު އެނގިއްޖެތާ ޖަލަށް ލާން ބަޔަކު އުޅުނުކަން އެހެން ނޫންތޯ؟ މިހާރު އަމިއްލަ އަށް ވެސް އެނގުނީ ނޫންތޯ ބަޔަކު ޖަލަށް ލާން ނުހައްގުން މަސަައްކަތް ކުރި ކަން. އެކަމަކު އަޅުގަނޑުމެން ނޫޅެމޭ އިނގޭތޯ މީހަކު ޖަަަލަަށް ލާކަށެއް،" ގާސިމް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދު އާލާސްކަންފުޅާ އުޅުއްވާ ވާހަކަ އޭނާގެ ސަރުކާރުގައި ހުށަހެޅުނު ކަމަށާއި ގާސިމް އާލާސްކަންފުޅާ އުޅުއްވާ ވާހަކަ ވެސް ސަރުކާރަށް ހުށަހެޅި ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"ހަމަ ދެ މީހުން ވެސް ތިބީ ފުރާނަ ދާ ހިސާބުގައި. އެކަކު ހޮސްޕިޓަލަށް ވަން ވަނީ ނުން އައިސީޔޫ އިން ނުވެސް ނުކުތް،" އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައި ވެ އެވެ.
ގާސިމް ރޭ ތުހުމަތު ކުރެއްވި ގޮތުގައި އޭނާ ޖަލަށް ލާން ޔާމީން އުޅުއްވީ ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު އެއީ ގާނޫނުއަސާސީއާ ހިލާފު މާއްދާއަކަށް ވާތީ އެކަން ބާތިލުކޮށްފާނެ ކަމުގެ ބިރަށެވެ. ޔާމީނަށް ވެރިކަމަށް ވަޑައި ނުގެންނެވުނީ މީހަކު ކުރި ކަމަކުން ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ދެން އެކަން އެގޮތަށް ދިމާވެގެން އައީ މީހަކު ކުރި ކަމަކުން ނޫނޭ އިނގޭތޯ؟ އަޅުގަނޑު ވެސް މިއީ ކޮންމެ އަހަރަކު ވެރިކަމަށް ކުރިމަތިލާ މީހެއް، އަޅުގަނޑަށް ވެސް އެ ފުރުސަތު ނަގާލީ ކާކުތޯ؟ އަޅުގަނޑު ކޮންމެހެން ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެ އެހެން ނޫންތޯ ކާކުކަން،" އޭނާ ވިދާޅުވި އެވެ.
ޔާމީނުގެ އަރިހުގައި އުޅުއްވާފައި ޖުމްހޫރީ ޕާޓީ އަށް ވަޑައިގެންނެވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި ގޮތުގައި، ޔާމީން ވެރިކަމަށް ގެންނަން މަަަސައްކަތް ކުރެއްވި ބޭފުޅުން މިހާރު "ބާ ޓަޔަރަށް ވެއްޖެ" އެވެ. ނަމަވެސް ކުރިން އެއީ "ރަން" ބޭފުޅުން ކަމަށާއި ޔާމީން މިހާރު އެ ބޭފުޅުންނާ ގުޅޭ ގޮތުން ދައްކަވަނީ މޮޔަ ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އަމިއްލަ އަށް ހަޑި ނުހާވާށޭ. މޮޔަ ނުގޮވާށޭ ކޮސް ނުގޮވާށޭ މިހާރު ތިޔަ ގޮވެނީ ކޮހޭ،" ޔާމީނަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
ޔާމީން ވަގުތުން ދޫކޮށްލަން ގާސިމް ގޮވާލައްވައިފި
ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ތާއީދު ޖޭޕީގެ 27 މީހަކަށް
ޕީޕީއެމް/ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!
މަތީނަށް ޕީޕީއެމްގެ ޓިކެޓު ގެއްލި، މަގާމު ދޫކޮށްލައިފި
އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާކުރަން ތައްޔާރު: ޔާމީން
ޔާމީނަށް އަނިޔާވެރިވާކަށް ނޭދެން: ގާސިމް
ޖޭޕީއަކީ ދަލު ބޭރުން ޖެހޭނެ ޕާޓީއެއް ނޫން: ގާސިމް
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!
ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރިން: ވަހީދު