Roadha Mihaaru
އާ ވައްތަރެއްގެ އާފަލެއް، ހަލާކުނުވެ 1 އަހަރު ހުރޭ

އާ ވައްތަރެއްގެ އާފަލެއް، ހަލާކުނުވެ އަހަރެއް ވަންދެން ހުންނާނެ

03 ޑިސެމްބަރ 2019

ހަލާކު ނުވެ އެއް އަހަރު ވަންދެން ހުންނާނެ ކަމަށް ބުނާ، އާފަލުގެ އާ ބްރީޑެއް، 20 އަހަރު ދުވަހުގެ މަސައްކަތުން އުފަންކޮށްފި އެވެ.

ހަލާކު ނުވެ އެއް އަހަރު ވަންދެން ހުންނާނެ ކަމަށް ބުނާ، އާފަލުގެ އާ ބްރީޑެއް، 20 އަހަރު ދުވަހުގެ މަސައްކަތުން އުފަންކޮށްފި އެވެ.

"ކޮސްމިކް-ކްރިސްޕް" ގެ ނަން ދީފައިވާ މި އާފަލަކީ ހަނީކްރިސްޕް އަދި އެންޓަޕްރައިސް އާފަލުގެ ބްރީޑްތައް އެއްކޮށްގެން އުފަންކުރި ވައްތަރެކެވެ. މި އާ ބްރީޑް އެންމެ ފުރަތަމަ މުޑުވައްކުރީ 1997 ވަނަ އަހަރު ވޮޝިންޓަން ސްޓޭޓް ޔުނިވަސިޓީގަ އެވެ.

މި އާފަލު އުފެއްދުމަށް 10 މިލިއަން ޑޮލަރު ހަރަދުވި ކަމަށްވެ އެވެ.

މި އާފަލު ހެއްދުމުގެ ހުއްދަ ހަމައެކަނި އެމެރިކާގެ ދަނޑުވެރިންނަށް ކުރިއަށް އޮތް 10 އަހަރަށް ވަނީ ދީފަ އެވެ.

"މިއީ އެހެން އެއްވެސް އާފަލަކަށް ވުރެ މުރަނަ އެއްޗެއް. ވަރަށް އޮމާންވާނެ. ރަހަތައް ވަރަށް ހެޔޮވަރުވާނެ އަދި ވަރަށް ޖޫސީ ވާނެ،" ވޮޝިންޓަން ސްޓޭޓް ޔުނިވަސިޓީގައި މި އާފަލު އުފެއްދުމުގައި އުޅުއްވި ކޭޓް އީވާންސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ކާލަން ވަރަށް ފަސޭހަ އަދި ފްރިޖުގައި 10-12 މަސް ދުވަސްވަންދެން އެއްވެސް ގޮތެއް ނުވެ ހުންނާނެ މޭވާއެއް ކަމަށެވެ.

މި އާފަލުގެ 12 މިލިއަން ގަސް މުޑުވައްކޮށްފައި ވާއިރު މި ގަސްތައް ހައްދަން ދަނޑުވެރިންނަށް ލައިސަންސް ދޭނީ ވެސް އެމެރިކާގެ ވަކި ހިސާބުތަކެއްގައި ހައްދަން ޝަރުތުކޮށް ހަރުކަށި ގަވައިދެއްގެ ދަށުންނެވެ.