04 ޑިސެމްބަރ 2019
އަނގައިގެ ސިއްހަތާއި ހިތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމަށާއި ދަތްތައް ސާފުތާހިރުކޮށް ބެހެއްޓުމުން ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އަނގައިގެ ސިއްހަތާއި ހިތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމަށާއި ދަތްތައް ސާފުތާހިރުކޮށް ބެހެއްޓުމުން ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ ދެކުނު ކޮރެއާގެ އެވްހާ ވުމަންސް ޔުނިވަސިޓީގެ ދިރާސާ ރިޕޯޓްގައި ބުނި ގޮތުގައި ހިތުގެ އެކި މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ކޮންމެ ދުވަހަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅުމަކީ ރައްކާތެރިކަމުގެ ގޮތުން ވަރަށް މުހިއްމު ކަމެކެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އަނގަ އާއި ދަތްތަކުގެ ތާހިރުކަން ކުޑަވުމަކީ ހިތުގެ ވިންދު ޖަހާ ރޭޓް އޮޅުންބޮޅުންވެ، ހިތް ހުއްޓުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކާ ވެސް ކުރިމަތިވެދާނެ ކަމެކެވެ.
ދިރާސާގައި ބުނީ އަނގައިގެ ތާހިރުކަން ކުޑަވުމުން ލޭގައި ޖަރާސީމުތައް އުފެދޭ މިންވަރު އިތުރުވެ، ހަށިގަނޑު އިންފްލަމޭޓްވެ ހިތަށް ހުއްޓުން ކަހަލަ ކަމެއް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ އަނގަ އާއި ދަތްތައް އަބަދު ވެސް ސާފުކޮށް، ރީތިކޮށް ބެހެއްޓުމަކީ ކޮންމެ ދުވަހަކު ވެސް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ތިނެއް ނުވަތަ އެއަށް ވުރެ ގިނައިން ދަތް އުނގުޅުމަކީ ހިތުގެ ވިންދަށް ދިމާވާ މައްސަލަތައް 10 ޕަސަންޓަށް ކުޑަކޮށްދޭ ކަމެކެވެ. ހަމަމިއާ އެކު އެއީ ހިތް ހުއްޓުމުގެ ފުރުސަތު 12 ޕަސަންޓަށް ދަށްކޮށްދޭ ކަމެކެވެ.
ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި އެވްހާ ވުމަންސް ޔުނިވަސިޓީގެ ޑރ. ޓައި-ޖިން ސޮންގް ވިދާޅުވި ގޮތުގައި އަނގައިގެ ސާފުތާހިރުކަމާއި ހިތުގެ މައްސަލަތަކާ ގުޅުން އޮތްކަން ހާމަވި ނަމަވެސް މިއީ އަދިވެސް އިތުރަށް ހޯދުން މުހިއްމު ދާއިރާއެކެވެ.
"އެހެންވެ ހާޓް ފެއިލިއާއަކުން ސަލާމަތްވާން ވީހާ ވެސް ގިނައިން ދަތް އުނގުޅަން ރިކަމެންޑް ކުރާކަށް ކަނޑައެޅިގެން އަދި ނުކެރޭނެ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ޔަގީންވާ ކަމަކީ އިންފްލަމޭޝަނާއި ހިތުގެ މައްސަލަތަކާ ގުޅުން ހުރިކަން."
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ކަޅު ސަޔަށް ވުރެ ގްރީން ޓީ މާ ރަނގަޅު
ދުޅަހެޔޮ ދިރިއުޅުމަކުން އުމުރު ދިގުވޭ
ދަތް އުނގުޅާ ބުރުސް އާކުރަންވީ ކިހާ އަވަހަކަށް؟