Roadha Mihaaru
ވަޓްސްއެޕް ގޯލްޑަކީ އަސްލެއް ނޫން، ސަމާލުވާތި

ވަޓްސްއެޕް ގޯލްޑަކީ އަސްލެއް ނޫން، ސަމާލުވާތި

06 ޑިސެމްބަރ 2019

މީގެ ތިން އަހަރެއްހާ ދުވަސްކުރިން ވެސް ވަޓްސްއެޕް ޕްލަސްއެއްގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވުނެވެ. މި ފަހަރު ވަޓްސްއެޕް ގޯލްޑެއްގެ ވާހަކަ ދެކެވެން ފަށާފައި މި ވަނީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ވަޓްސްއެޕް ގޯލްޑް ހިޖުރަކުރަން ޖެހޭ ކަމަށް ބުނެ ފޮނުވާ މެސެޖްތަކާ ގުޅިގެންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރެއްހާ ދުވަސްކުރިން ވެސް ވަޓްސްއެޕް ޕްލަސްއެއްގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވުނެވެ. މި ފަހަރު ވަޓްސްއެޕް ގޯލްޑެއްގެ ވާހަކަ ދެކެވެން ފަށާފައި މި ވަނީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ވަޓްސްއެޕް ގޯލްޑް ހިޖުރަކުރަން ޖެހޭ ކަމަށް ބުނެ ފޮނުވާ މެސެޖްތަކާ ގުޅިގެންނެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ ވަޓްސްއެޕް ގޯލްޑަކީ އަސްލެއް ނޫން ކަމެވެ. އަދި އޭގެ ލޯގޯ އަށް ރަން ކުލަ އާއި ކަޅު ކުލަ ގެނެސްގެން ވަޓްސްއެޕްގެ ގޯލްޑްގެ ނަމުގައި ވުޖޫދުގައި ވެސް ނެތް އެއްޗެއްގެ ވާހަކަ ދައްކައި، މެސެޖްތައް ދައުރުކަނީ އެހެން ބޭނުމެއްގަ އެވެ. އަސްލު ވަޓްސްއެޕްގެ ލޯގޯ އިންނާނީ ހުދާއި ފެހި ކުލައިންނެވެ.

އެހެންވެ ވަޓްސްއެޕް ގޯލްޑާ ބެހޭ މެސެޖެއް ލިބުނަސް އަޅާނުލައި ދޫކޮށްލާށެވެ. މެސެޖާ އެއްގޮތަށް އަމަަލުކުރަން އުޅެފި ނަމަ ބޭނުންކުރާ ޑިވައިސްގެ ކޮންޓްރޯލް އެހެން ބައެއްގެ ބާރުގެ ދަށަށް ހިނގައިދާނެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމަކީ ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕާ ގުޅުން ހުރި ކަމެއް ވެސް ނޫނެވެ. އެހެންވެ ބައެއްގެ ދަލުގައި ނުޖެހި ސަލާމަތްވާށެވެ.