Roadha Mihaaru
ތެދުދޮގު ބަލަން ވަޓްސްއެޕަށް އާ ފީޗާއެއް

ތެދުދޮގު ބަލަން ވަޓްސްއެޕަށް އާ ފީޗާއެއް

05 އޯގަސްޓް 2020

ވަޓްސްއެޕްގައި ޝެއާކުރާ އެކި ލިންކްތަކުގައި ހުންނަ މައުލޫމާތުގެ ތެދުދޮގު ސާފުކުރަން ފަސޭހަކޮށް ދިނުމުގެ ގޮތުން ވަޓްސްއެޕުން އާ ފީޗާއެއް އަންގާރަ ދުވަހުން ފެށިގެން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބައެއް ގައުމުތަކަށް ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕްގައި ޝެއާކުރާ އެކި ލިންކްތަކުގައި ހުންނަ މައުލޫމާތުގެ ތެދުދޮގު ސާފުކުރަން ފަސޭހަކޮށް ދިނުމުގެ ގޮތުން ވަޓްސްއެޕުން އާ ފީޗާއެއް އަންގާރަ ދުވަހުން ފެށިގެން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބައެއް ގައުމުތަކަށް ތައާރަފުކޮށްފި އެވެ.

މި އާ ފީޗާ އަކީ ވަޓްސްއެޕްގައި ޝެއާކުރާ ލިންކްތަކާ ދިމާއަށް ބޮޑުވާ ބިއްލޫރިއެއް އަރާފައި އިންނަ ގޮތް ހެދުމެވެ. މި ފީޗާ އެންމެ ފުރަތަމަ ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި އިނގިރޭސިވިލާއި މެކްސިކޯ އާއި ބްރެޒިލާއި އިޓަލީ އާއި އަޔަލެންޑާއި ސްޕެއިނެނެވެ. އާ ފީޗާ އެންޑްރޮއޮޑާއި އައިއޯސްގެ އަހުލުވެރިންނަށް ވެސް ލިބޭނެ އެވެ.

އާ ފީޗާ އަކީ ފަސް މީހުންނަށް ވުރެ އިތުރަށް މީހުން ހިމެނޭ ގްރޫޕްތަކަށް ހާއްސަ ފީޗާއެކެވެ. އެހެންވެ މީސްމީހުން ޝެއާކުރާ ލިންކްތަކުގައި ހުންނަ މައުލޫމާތުތަކުގެ ސައްކަހަން ބެލުމަށްޓަކައި ފަސޭހަ އިން ސާޗްކޮށްލެވޭނެ ފުރުސަތު ލިބޭނެ އެވެ.

މިފަދަ ފީޗާއެއް ވަޓްސްއެޕަށް ގެނެސްފައި ވަނީ މުޅި ދުނިޔެ އަށް މިހާރު ފެތުރިފައި އޮތް ކޮވިޑް-19އާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތުތައް ހިމެނޭ ލިޔުންތައް ދައުރުކުރާ މައްސަލަ ބޮޑުވެ، އެކިއެކި ޕްލެޓްފޯމްތަކުން ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަމުން އަންނަނިކޮށެވެ. އެގޮތުން ފޭސްބުކާއި އިންސްޓަަގްރާމާއި ޓްވިޓާ އާއި ގޫގުލް ފަދަ ޕްލެޓްފޯމްތަކުން ފޭކް ޚަބަރުތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

މީގެ 11 އަހަރު ކުރިން ވުޖޫދަށް އައި ވަޓްސްއެޕަކީ 2014 އިން ފެށިގެން ފޭސްބުކްގެ ދަށުން ހިންގާ އެއްޗެކެވެ. މި ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރަ އެވެ.