04 ޑިސެމްބަރ 2019
ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި)ގެ "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުމާއި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި)ގެ "ރުޕޭ" ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުމާއި ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ ބައިވެރިވުމާއެކު އެންޕީސީއައިއާ އެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ އަަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.
މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ. މި އަހަރުތެރޭގައި އެކުންފުނިން ވަނީ އޮންލައިންކޮށް އަދި މަޗަންޓުން މެދުވެރިކޮށް އެއް ބިލިއަން ޓަރާންސެކްޝަން ހަދާފަ އެވެ.
ޓިމް ސޯޔާ ވިދާޅުވީ ރުޕޭ ކާޑަކީ ކޭޝްލެސް (ނަގުދު ފައިސާ ނުގެންގުޅޭ)، ޓެކްނޮލޮޖީއާ ރަހުމަތްތެރި މުޖުތަމައަކަށް ދިއުމަށް އިންޑިއާގެ ސަރުކާރުުގެ މުހިންމު އިސްނެގުމެއް ކަމަށެވެ. އަދި ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުން ވެގެންދާނީ ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތް ކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި އެންޕީސީއައި އާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން ތައްޔާރުކުރެވޭ ޕްރިޕެއިޑް ކާޑު މެދުވެރިކޮށް އިންޑިއާގެ އޭޓީއެމްއާއި ޕީއޯއެސް މެޝިންގައި އެ ކާޑު ބޭނުންކުރުމުގެ އިތުރުން އިންޑިޔާގައި ޑިޖިޓަލްކޮށް ޕޭމަންޓް ހެދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާގެ އިތުރު އެހީ
ކުދިންގެ ޓީޓީގެ މައްސަލަ ހައްލުކޮށްދޭން ޖެހޭ: ރައީސް
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި
"އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނަން: ރައީސް
މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ވަޑައިގެންފި
އިންޑިއާ އާ ސަފީރު މަގާމާ ހަވާލުވެއްޖެ
އިންޑިއާގެ ފޮރިން މިނިސްޓަރާ ރައީސް ބައްދަލުކުރައްވައިފި
އިންޑިއާގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
އިންޑިޔާގެ އެހީއަކުން ގައުމު ދަރަންޏެއް ނުވާނެ: ރައީސް
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް