އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު، މުނު މަހާވަރުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
17 ނޮވެމްބަރ 2021
އިންޑިއާގެ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު، މުނު މަހާވަރުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށް ފަހު، އިންޑިއާގެ ސަފީރާ، ރައީސް ބައްދަލުކުރައްވައި، ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއިރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ސަފީރު ވިދާޅުވި އެވެ.
މިއަދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ތިން އަހަރުވީ ދުވަސް ކަމުން، އެ މަނިކުފާނަށް އާ ސަފީރު މަރުހަބާ ދަންނަވައި، މި ސަރުކާރުގައި ރާއްޖެ އިން މިހާތަނަށް ހޯދި ކާމިޔާބީތަކަށް ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ވަކިން ހާއްސަކޮށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން އެޅި ފިޔަވަޅުތަކާއި ކުރި މަސައްކަތުގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ކުރި މަސައްކަތްތައް ސަފީރު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީ ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އިޖުތިމާއީ އިގްތިސޯދީ އަދި ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް މަޝްވަރާ ކުރެއްވި އެވެ.
ރާއްޖެ އަށް އިންޑިއާ އިން އާ ސަފީރެއް ކަނޑައެޅީ އެ މަގާމުގައި މިހާތަނަށް ހުންނެވި ސަންޖޭ ސުދީރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންޑިއާގެ އާ ސަފީރުގެ މަގާމަށް އައްޔަން ކުރަން ނިންމުމުންނެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރުކަމާ އޭނާ ހަވާލުވެވަޑައިގަތީ މާޗް، 2019 ގަ އެވެ.
ރާއްޖެ އަށް އިންޑިއާ އިން ކަނޑައެޅި އާ ސަފީރު މަހާވަރު އެންމެ ފަހުން ހުންނެވީ އޮމާންގެ ސަފީރުގެ މަގާމުގަ އެވެ.
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި
"އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނަން: ރައީސް
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ދިވެހިންގެ ނިންމުމާ އެއްގޮތަށް ކަންކަން ދާނެ: އިންޑިއާ
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި
އިންޑިއާ ސަފީރު، ރައީސްއާ ބައްދަލު ކުރައްވައިފި