އަންނަ މަހުން ފެށިގެން ކާޑު ސަބްސިޑީ ނިކަމެތިންނަށް އެކަނި ދޭން ސަރުކާރުން ނިންމައިފި އެވެ.
29 ސެޕްޓެމްބަރ 2016
އަންނަ މަހުން ފެށިގެން ކާޑު ސަބްސިޑީ ނިކަމެތިންނަށް އެކަނި ދޭން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އަންނަ ހޮނިހިރުދުވަހުން ފެށިގެން ހަނޑޫ، ހަކުރު އަދި ފުށުން ސަބްސިޑީ ދޫކުރާނީ ނިކަމެތިންނަށް އެކަނި ކަމަށެވެ. އަދި އެކަން އެންސްޕާ މެދުވެރިވެގެން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަލްނަރަބްލް މީހުން ބަލާފައި އެމީހުންނަށް ދެން ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޭނީ. ކާޑުގެ ބާވަތްތަކުން ސަބްސިޑީ ބޭނުންވާ މީހުންނަށް ކޮންމެ މަހަކަށް ބޭނުންވާ ވަރަށް ކޭޝް ޓްރާންސްފާއެއް އެކޮޅުން [އެންސްޕާ] އިން ހަދައިދޭނެ. އެކަން އެންސްޕާއިން ހަމަޖައްސައިދޭނެ،" ތައުފީގު ވިދާޅުވި އެވެ
އޭނާ ފާހަގަކުރެއްވި ގޮތުގައި ޓާގެޓެޑް ސަބްސިޑީ ކާޑުގެ ބާވަތްތަކަށް ކަނޑައެޅުމުން، އަގުތަކަށް ބަދަލު އަންނާނެ އެވެ. އެގޮތުން ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް އަރާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.
"އެކަމަކު ނިކަމެތިންނަށް ސަބްސިޑީ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އާދަމް ފާހަގަކުރެއްވި ގޮތުގައި މިހާރު ކާޑުގެ ބާވަތްތަކަށް އެންމެންނަށް ސަބްސިޑީ ދޭއިރު، އޭގެ ތެރެއިން 60 ޕަސެންޓް ބޭނުންކުރަނީ އެކި ބޭނުންތަކަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނެވެ. އަދި ކާޑު ސަބްސިޑީއަށް 300 މިލިއަން ރުފިޔާ ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ހޭދަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާޑުގެ ސަބްސިޑީ ނިކަމެތިންނަށް ނުވަތަ ސަބްސިޑީ އެންމެ ބޭނުންވާ މީހުންނަށް ދޫކުރާ އުސޫލެއް އެންސްޕާއަކުން އަދި ހާމައެއް ނުކުރެ އެވެ.
ކާޑުގެ ސަބްސިޑީ އަށް ޝަރުތު ހަމަވީ އެންމެ 70 އާއިލާ
"އިގްތިސާދީ ހެޔޮ ބަދަލުތަކުން މުސާރަތައް ބޮޑުވާނެ"
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!
މާލޭގެ 4 ތަނަކުން ކާޑު ސަބްސިޑީ ފޯމު ބަލައިގަންނަނީ
ސަބްސިޑީ ދެނީ ވޯލްޑް ބޭންކުން ކަނޑައަޅާ މިންގަނޑަށް
ފަގީރު ގޭބިސީއަކަށް ކާޑަށް މަހަކު ގިނަވެގެން 240ރ.
ކާޑާއި ކަރަންޓުގެ އަގު ހެޔޮކުރަން ބަޖެޓުގައި ހިމަނައިފި
ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކާ އަގު ހެޔޮކޮށްފި
ހަނޑުލުގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް
އޮޅުންބޮޅުން: ފުއްދާއެހީ ކަނޑާލުން