08 ޑިސެމްބަރ 2019
މައި ކޮލެޖުން ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މައި ކޮލެޖުން ޖެނުއަރީ މަހު ފަށާ ކޯސްތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެ ކޯސްތަކަށް ހާއްސަކޮށްގެން 200 ސްކޮލާޝިޕް މައި ކޮލެޖުން މިދިޔަ އޮކްޓޫބަރު މަހު ތައާރަފްކުރި އެވެ. ކުރިން މުއްދަތު ދީފައި އޮތީ މިދިޔަ މަހުގެ ނިޔަލަށެވެ.
އެ ކޮލެޖުން ހުޅުވާލި ސްކޮލާޝިޕް ސްކީމްގެ ދަށުން 25-100 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަރިވަރުންނަށް ސްކޮލަޝިޕް ލިބޭނެ އެވެ. މާލޭގައި ކިޔަވާ ދަރިވަރުންނަށް 100 ސްކޮލާޝިޕް ކަނޑައަޅާފައިވާ އިރު ހުޅުމާލެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް 50 އަދި ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް 150 ސްކޮލާޝިޕް މައި ކޮލެޖުން ހާއްސަކޮށްފައިވެ އެވެ.
މީގެ އިތުރުން "ގައުމަށްޓަކާ ސްކޮލަޝިޕް" ގެ ނަމުގައި ތައާރަފުކުރި ސްކީމުގެ ތެރެއިން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންނަށް 15 ފުރުސަތު ވަނީ ހާއްސަކޮށްފަ އެވެ.
ސްކޮލަޝިޕް ލިބޭނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ޕްރޮގްރާމްތަކާއި ސެޓްފިކެޓް ލެވެލް ހަތަރެއްގެ ޕްރޮގްރާމުތަކުގެ އިތުރުން ޑިޕްލޮމާ އާއި އެސޯސިއޭޓް ޑިގްރީ އާއި ބެޗްލާސް ޑިގްރީ އާއި ޕޯސްޓްގްރެޖޭޓް ޑިގްރީ އަދި މާސްޓާސް ޑިގްރީ އިން ނެވެ.
މައި ކޮލެޖުގެ ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
ރައީސްގެ ހާއްސަ ސްކޮލާޝިފް 19 ދަރިވަރަކަށް
ޗައިނާގައި ކިޔަވަން 200 ސްކޮލާޝިޕަށް ހުޅުވާލައިފި
ހަންގޭރީގައި ކިޔަވަން 25 ސްކޮލާޝިޕަށް ހުޅުވާލައިފި
ސްޕެޝަލް އެޑިއުކޭޝަނަށް ސަރުކާރުގެ ސްކޮލަޝިޕްތަކެއް
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް
ބިޒްނަސް އެކްސެލެންސްގެ 6 އެވޯޑެއް އެމްއައި ކޮލެޖަށް
އާ ފުރުސަތުތައް ހޯދަން އެމްއައި ކޮލެޖުން ބަންގްލަދޭޝަށް
ހަންގޭރީގެ ސަރުކާރުން ރާއްޖެއަށް 60 ސްކޮލާޝިޕް ދެނީ