11 ޑިސެމްބަރ 2019
ޏ. އަތޮޅު ފުވައްމުލަކު ހޮސްޕިޓަލުގެ ޑަޔަލިސަސް ޔުނިޓް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ހުޅުވައިދެއްވައިފި އެވެ.
ޏ. އަތޮޅު ފުވައްމުލަކު ހޮސްޕިޓަލުގެ ޑަޔަލިސަސް ޔުނިޓް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ހުޅުވައިދެއްވައިފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް މުހިއްމުވާ ކަންތައްތައް ފަސޭހަ އިން ފޯރުކޮށްދިނުމަށްޓަކައި މި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތް ފުޅާކޮށްދިނުމަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.
ދުވާލަކު 150 އާއި 200 އާ ދެމެދުގެ މީހުން ހިދުމަތް ހޯދަމުން އަންނަ އެ ހޮސްޕިޓަލުގައި ގާއިމްކުރީ އެއްފަރާ ތިން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ޑަޔަލިސިސް ޔުނިޓެކެވެ. މި ޔުނިޓް އިފްތިތާހުކުރެއްވުމަށް ފަހު އެ މަނިކުފާނު ވަނީ، އެ ޔުނިޓުގެ އިތުރުން ހޮސްޕިޓަލުގެ އެހެން ތަންތަން ވެސް ބައްލަވާލައްވައިފަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް (މ)، ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސަސް ޔުނިޓް އިފްތިތާހުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ވެސް ނައިބް ރައީސް ވާހަކަ ދެއްކެވި އެވެ. އަދި ބަލި މީހުންނަށް ހިދުމަތްދޭ އިރު ހިނިތުންވުމާ އެކު މުއާމަލާތް ކުރައްވަން ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގަތެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ވެސް ޒިޔާރަތްކުރައްވައިފަ އެވެ.
ސިއްހީ ނުރައްކަލުން ސަލާމަތްވާން އާ ގޮތަކަށް އުޅެންޖެހޭ
ސަދާގެ މަރުގައި އިހުމާލުވި މައްސަލަ ޕޮލިހަށް
ސަދާގެ މަރު: ދެ ޑޮކްޓަރަކު ސަސްޕެންޑުކޮށްފި
ސަދާގެ މަރުގައި ހޮސްޕިޓަލު އިހުމާލުވެފައިވޭ: މިނިސްޓްރީ
ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް!
ސިނގިރެޓު ބުއިން މަނާކުރަން މަޝްވަރާ ކުރައްވައިފި
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
ބަލިވީމާ ކުޑަރަށާއި ބޮޑުރަށު މީހާ ތަފާތުވެގެން ނުވާނެ
އާއްމުސިއްހަތާ ބެހޭ ބޮޑު މަހާސިންތާ ފަށައިފި
މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުން ހޯދަނީ