Roadha Mihaaru
މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުން ހޯދަނީ

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުން ހޯދަނީ

27 މެއި 2019

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ދިވެހި ސީނިއާ މެޑިކަލް އޮފިސަރުން/މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 385 މެޑިކަލް އޮފިސަރުން ހޯދަން އިއުލާންކޮށްފައިވާ އިރު، 15 ޕިޒިއޮތެރަޕިސްޓުން ދާއިމީ މުވައްޒަފުންގެ ގޮތުގައި ބޭނުންވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން ކުރިއަށް ދާނީ އަންނަ މަހުގެ 16 އިން ޖުލައި މަހުގެ 4 އާ ހަމައަށެވެ.

ފިޒިއޮތެރަޕިސްޓުން ހޯދާ ތަންތަނުގެ ތެރޭގައި ހިމެނެނީ ނުވަ އަތޮޅެއްގެ ރީޖަނަލް ހޮސްޕިޓަލެވެ. އަދި މެޑިކަލް އޮފިސަރުން ބޭނުންވަނީ ހޮސްޕިޓަލްތަކާއި ގިނަ އަދަދެއްގެ ސިއްހީ މަރުކަޒުތަކަށެވެ.