Roadha Mihaaru
ޗިންކީ-މިންކީގެ ޖާދޫގައި އެންމެން ޖެހެނީ

ޗިންކީ-މިންކީގެ ޖާދޫގައި އެންމެން ޖެހެނީ

14 ޑިސެމްބަރ 2019

ޗިންކީ-މިންކީއެއްގެ ވާހަކަ މި ފަހުން އެންމެ ގަ ދައަށް ދެކެވެން ފެށީ އެއްމާބަނޑު މި ދެބެއިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އިން ދައްކައިލި ހިސާބުންނެވެ. އެއްގޮތަކަށް ހެދުން އަޅާ އަދި ބޮލުގެ އިސްތަށިގަނޑާއި އިސްކޮޅާއި ދެ މީހުން ވާހަކަ ދައްކާ ގޮތް ވެސް ވަރަށް ވެސް އެއްގޮތެވެ. އެއްމާބަނޑު ދެބައިންނަށް ވާތީ އެއީ ހައިރާން ވެސް ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗިންކީ-މިންކީއެއްގެ ވާހަކަ މި ފަހުން އެންމެ ގަ ދައަށް ދެކެވެން ފެށީ އެއްމާބަނޑު މި ދެބެއިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އިން ދައްކައިލި ހިސާބުންނެވެ. އެއްގޮތަކަށް ހެދުން އަޅާ އަދި ބޮލުގެ އިސްތަށިގަނޑާއި އިސްކޮޅާއި ދެ މީހުން ވާހަކަ ދައްކާ ގޮތް ވެސް ވަރަށް ވެސް އެއްގޮތެވެ. އެއްމާބަނޑު ދެބައިންނަށް ވާތީ އެއީ ހައިރާން ވެސް ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެކަމަކު ޗިންކީ-މިންކީގެ ތަފާތަކީ އެއްމާބަނޑު ދެ މީހުންނަށް ވުމުގެ ފައިދާ އާއި ޖާދޫ ތަފާތު ގޮތަކަށް ދައްކައި، އޭގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފާތީ އެވެ. ކަޕިލްގެ ޝޯ އިން އެކަން ޒުވާން ދެ އަންހެނުން ވަނީ ދައްކާލައި، އެތައް ބަޔަކު ހެއްވާލައިފަ އެވެ.

މި ދެ މީހުންގެ އެންމެ ހާއްސަ ކަމަކީ ކުރިމަތިކުރާ ކޮންމެ ސުވާލަކަށް އެއްފަހަރާ ޖަވާބު ދިނުމެވެ. އެހެންވެ ސުވާލުކުރާ މީހާ އަށް މި ވާހަކަ ދެއްކެނީ އެކަކާ ކަމަށް ވެސް ހީވެދާނެ އެވެ. އަދި މިއީ ވަރަށް މަޖާ ކަމަކަށްވެ އެވެ.

ކަޕިލްގެ ޝޯގެ އެޕިސޯޑްތަކެއްގައި ބެލުންތެރިންގެ ހިތްތައް ފަތަހަކުރުމަށް ފަހު ޗިންކީ-މިންކީ ވަނީ މި ހަފުތާގައި ބޭއްވި އިންޑިއަން ޓެލެވިޝަން އެކެޑެމީ (އައިޓީއޭ) އެވޯޑްސް ހަފުލާގެ ސްޓޭޖްމަތީގައި ހޯސްޓް އަދިތިޔާ ނާރަން އާއި އެތައް ބަޔަކު ހެއްވާލައިފަ އެވެ. އެ ދެ މީހުންނާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން، އަދިތިޔާ ބުނީ ޗިންކީ-މިންކީގެ ކަންތައްގަނޑު އިންޑިއާގެ ސިލްސިލާތަކުން ދައްކާ ކަންތައްތަކަށް ވުރެ ބޮޑުކަމަށާއި އޭނާ މިހާރު އަނބުރައިގަނެގެން ވެއްޓެން ކައިރިވެފައިވާ ކަމަށެވެ.

ޗިންކީ-މިންކީގެ މި ވީޑިއޯ މިހާރު ފޭސްބުކްގައި ވެސް ހިއްސާކޮށްފައިވާ އިރު، އެތައް ބަޔަކު އެ ބަލާފައި އެކި ކަހަލަ ކޮމެންޓްތައްކޮށްފައިވެ އެވެ.

ޗިންކީ-މިންކީގެ ޖާދޫގައި ޖެހޭ މީހުން އަންނަނީ އިތުރުވަމުންނެވެ. އެ މީހުންގެ ހުނަރު ދައްކައިލަން ލިބޭ ފުރުސަތުތައް ވެސް އަންނަނީ އިތުރުވަމުންނެވެ. މި ދެބޭން އެންމެ ފުރަތަމަ ގިނަ ބައެއްގެ ރާޑަރަށް އެރީ މަޝްހޫރު ޓިކްޓޮކުންނެވެ. އިންސްޓަގްރާމްގައި ވެސް ދެ ދެބެއިން އެހާ މަޝްހޫރެވެ.

އިންޑިއާގެ ނޮއިޑާ އަށް އުފަން 21 އަހަރުގެ ޗިންކީ-މިންކީ އަކީ ދެ މޮޑެލުން ވެސް މެ އެވެ. އެ ދެ މީހުން އަމިއްލަ ޝަހުސިއްޔަތު ޕްރެޒެންޓްކޮށްދޭ ގޮތުން ވެސް މިއީ ކަމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ދަސްކޮށްފައިވާ ދެ މީހުންކަން އެނގެ އެވެ.

ޗިންކީގެ އަސްލު ނަމަކީ ސުރާބީ މެހެރާ އެވެ. މިންކީ އަކީ ސަމިރްދީ މެހެރާ އެވެ. ދެ މީހުންނަކީ ވެސް ލަވަކިޔައި ނަށައި، އެކްޓްކުރަން ލޯބިކުރާ ދެ މީހުންނެވެ. ހަގީގަތަކީ މި ދެބޭންނަކީ މީހުންގެ މޫނުމައްޗަށް ހިނިވުންވުމާއި އުފާވެރިކަން ގެނެސްދިނުމުގައި ކުޅަދާނަ ބައެއްކަމެވެ.