Roadha Mihaaru
ޖިންސީ ފުރައްސާރައިގެ އަދަބު ދިނީ މަގުމަތިން

ޖިންސީ ފުރައްސާރައިގެ އަދަބު ދިނީ މަގުމަތިން

19 އޮކްޓޯބަރ 2018

ރޭޕް ކުރުން ގިނަ އިންޑިއާގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ފިރިހެނަކު އެންމެންގެ ތެރޭގައި ބޭޒާރުކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭޕް ކުރުން ގިނަ އިންޑިއާގައި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި ފިރިހެނަކު އެންމެންގެ ތެރޭގައި ބޭޒާރުކޮށްލައިފި އެވެ.

އިންޑިއާގެ ދެކުނު ކަރުނާޓަކާގައި އަންގާރަ ދުވަހު ހިނގި މި ހާދިސާގައި، ފުރައްސާރަކުރި ފިރިހެން މީހާ އަށް ހަމަލާދީ ފައިވާން ކިބައިން ޖަހާތަން ވެސް، އާންމުވެފައިވާ ވީޑިއޯ އިން ފެނެ އެވެ.

މި ހާދިސާ ވީޑިއޯ ކުރަމުން ދިޔަ މީހާ އަށް އިޝާރާތްކޮށް އަންހެން މީހާ "މިއީ މިފަދަ ގޮތެއްފޮތެއް ނުހުންނަ މީހުންނަށް ހަދަން ޖެހޭ ގޮތް" ކަމަށާއި ކުޅި ދައްކައިލާނެ ކަމަށް ބުނަމުންދެ އެވެ.

އޭޝިއަން ނިއުސް އިންޓަނެޝަނަލް (އަނީ) އިން އަންހެން މީހާގެ ވީޑީއޯ ޓްވީޓްކޮށްފައި.

އަންހެން މީހާ ބައެއް މީޑިއާތަކަށް ކިޔައިދިން ގޮތުގައި ބޭންކް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިރިހެން މީހާ އަށް "އަދަބު" ދޭން މަޖުބޫރުވީ 15 ލައްކަ ރުޕީސްގެ ލޯނެއް ނަގަން ބޭންކަށް ހުށަހެޅުމުން، ލޯން އެޕްރޫވްކޮށް ދޭނީ "ނަހަމަ ގުޅުމެއް" ގެ ބަދަލުގައި ކަމަށް ބުނުމުންނެވެ.

އަންހެން މީހާ ވަނީ މި މައްސަލަ ޕޮލިހަށް ވެސް ރިޕޯޓްކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އަންހެން މީހާގެ ވީޑިއޯ ދައުރުވާން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ އޭނާ ދެއްކި ހިތްވަރަށް ސާބަސް ދީ "ފިސާރި އަންހެނެއް" ކަމަށް ބުނެފަ އެވެ. އަދި އިންޑިއާގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް "މީޓޫ" މޫވްމަންޓް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު، އަންހެނުންގެ ފަރާތުން ނާޖާއީޒު ފައިދާ ނަަގަން އުޅޭ ފިރިހެނުންނަށް ހަދަންވީ ހަމަ މިހެން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.