Roadha Mihaaru
މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

ވެލެންސިއާ އަތުން ބަލިވެ، މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

02 އޮކްޓޯބަރ 2016

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ 1-0 އިން ވެލެންސިއާ އަތުން ބަލިވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު މާޒިޔާ އަށް ގެއްލިއްޖެ އެވެ.

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ 1-0 އިން ވެލެންސިއާ އަތުން ބަލިވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު މާޒިޔާ އަށް ގެއްލިއްޖެ އެވެ.

ލީގުގެ އެއް ވަަނައިގައި މި ވަގުތު ޓީސީ އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ ފަސް މެޗުން 10 ޕޮއިންޓެވެ. މާޒިޔާ ތިން ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ އިއްޔެގެ މޮޅާ އެކު ވަނީ ހަތަރަކަށް ޖެހިލައިފަ އެވެ. ފަސް މެޗުން އެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނިޓްގައި ވެލެންސިއާ އަށް ކާމިޔާބު ކޮށްދިނީ އައްޒާމް އަބްދުﷲ އެވެ. މި މެޗުގައި ލަނޑު ޖަހަން މާޒިޔާ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ކުރެވޭ ގޮތެއްނުވި އެވެ.

ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ގަދަ ހަތަރު ޓީމަށް ސެމީން ޖާގަ ލިބޭނެ އެވެ. ސެމީ އާއި ފައިނަލް އޮންނާނީ ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.