ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރަށް ހަމަލާ ދިން ހަތިޔާރު، އޭނާ މަރާލާފައި އޮތް ތަނުގެ ކައިރިން ހޯދާފައިވާ ކަމަށާއި ކުށުގެ ވެށިން ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރަށް ހަމަލާ ދިން ހަތިޔާރު، އޭނާ މަރާލާފައި އޮތް ތަނުގެ ކައިރިން ހޯދާފައިވާ ކަމަށާއި ކުށުގެ ވެށިން ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގާސިމް ހަސަން، 59، އަށް ހަމަލާ ދިން ހަތިޔާރު ފެނުނީ ގާސިމްގެ ހަށިގަނޑު ފެނުނު ތަނާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ކަމަށެވެ. އަދި ކުށުގެ ވެށިން، ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ގާސިމްގެ ޓެކްސީ ދުއްވި މަގުތައް ސީސީޓީވީ ފުޓޭޖުން ދެނެގަނެވިފައިވާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ ހެކީގެ މައްޗަށް ބިނާކޮށް، ތުހުމަތުކުރެވޭ މީހުންގެ އައިޑެންޓިޓީ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.
ގާސިމް ހަސަން: އޭނާ އަށް ހަމަލާ ދިން ހަތިޔާރު ވަނީ ހޯދާފައި.
ގާސިމްގެ ކަރަށް، ތޫނު އެއްޗަކުން ހަމަލާ ދިނުމުން ހުޅުމާލޭ ރީތިގަސް މަގަށް ވެއްޓިފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭގަނޑު 9:07 ގަ އެވެ. އެއީ އެކަހެރިކޮށް އޮންނަ އަނދިރި ހިސާބެކެވެ. ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި އޭނާގެ ޓެކްސީ ވެސް އޮތެވެ.
ގާސިމްގެ އެކުވެރިން ބުނެފައިވާ ގޮތުގައި އޭނާ މަރާލި ރޭ ޓެކްސީކުރަން އެންމެ ފަހުން ނުކުތީ އިޝާ ނަމާދަށް ފަހު މާލޭގެ ހޮޓަލެއްގައި އެކުވެރިންނާ އެކު އިނދެފަ އެވެ.
ގާސިމަށް ހަމަލާ ދިން ހިސާބަކީ ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ ތަނެކެވެ. ފްލެޓްތަކެއް އިމާރާތްކުރާ އެ ސަރަހައްދުގައި މީހުން އުޅެނީ ވެސް ވަރަށް މަދުންނެވެ. އެ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހާފްވޭ ހައުސް ކައިރީގައި ސެޕްޓެމްބަރު 29، 2017 ގައި މީހަކަށް ހަމަލާދީ މަރާލި އެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑު އެވެ.
ގާސިމް މަރާލި މީހާ ކުށަށް އިއުތިރާފުވެއްޖެ: ސީޕީ
ގާސިމްގެ މަރު: ތަހުގީގާ މެދު އާއިލާގެ ހިތްހަމަނުޖެހުން
ގާސިމް މަރާލި ސަރަހައްދު އަދިވެސް ބަންދުކޮށްފައި
ފަހަތުގައި އެ އިނީ ގާތިލެއް؟!
ގާސިމްގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ
ގާސިމްގެ މަރާ އަޅުގަނޑާ ގުޅުމެއް ނެތް: ޝަހީމް
ގާސިމްގެ ގާތިލުންނަށް މަރުގެ އަދަބުދޭން ގޮވާލައިފި
ހުޅުމާލޭގައި 48 ކެމެރާ ހަރުކޮށްފައިވޭ: އެޗްޑީސީ
ހުޅުމާލެ އަނދިރިވުމާއި ސީސީޓީވީ ނެތުމުގެ ބިރު!
ގާސިމަށް އެވަރުކޮށްލަން ޖެހޭ ސަބަބެެއް ނެތް: އެކުވެރިން