Roadha Mihaaru
ހަމަލާއާ ގުޅިގެން އިމްރާން ޚާންގެ ތިމާގެ މީހަކު ހޯދަނީ

ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން އިމްރާން ޚާންގެ ތިމާގެ މީހަކު ހޯދަނީ

14 ޑިސެމްބަރ 2019

ލާހޯރު (ޑިސެމްބަރު 14) - ޕާކިސްތާނުގެ ލާހޯރުގެ ހިތުގެ ބަލީގެ ހޮސްޕިޓަލަކަށް އެތައް ސަތޭކަ ވަކީލުން ވަދެ ޑޮކްޓަރުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުން ދިނުމުން އެޑްމިޓްކޮށްފައި ތިބި ބަލި ތިން މީހަކު މަރުވި ހާދިސާއާ ގުޅިގެން، ބޮޑު ވަޒީރު އިމްރާން ޚާނަށްށް ބޮޑުބޭބެ ވިދާޅުވާ ވަކީލަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފުލުހުން ބުނީ ހަސަން ނިއާޒީގެ ގެ ބަލާ ފާސްކޮށްފައިވާ ކަމަށާ އެކަމަކު އޭނާ ފިލާފައިވާ ކަަމަށެވެ. ޑޮކްޓަރުންނާ ޚިޔާލުތަފާތުވެ ހޮސްޕިޓަލަށް ހަމަލާ ދިން މީހުންގެ ތެރޭގައި ނިޔާޒީ ހިމެނެ އެވެ. ހޮސްޕިޓަލުގެ ތަކެއްޗަށް އޭނާ ގެއްލުންދޭ މަންޒަރުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.

ލާހޯރުގެ ޕަންޖާބް އިންސްޓްޓިއުޓް އޮފް ކާޑިއޮލޮޖީ ހޮސްޕިޓަލަށް ހަމަލާ ދިން ކަމަށް ނިޔާޒީ ވަނީ ޓްވިޓާގައި އެއްބަސްވެފަ އެވެ. އަދި އެކަމަށް އޭނާ ވަނީ މައާފަށް ވެސް އެދިފަ އެވެ.

ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން 80 އަށް ވުރެ ގިނަ ވަކީލުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހޮސްޕިޓަލުގެ ވޯޑަކަށް ވަކީލުން ވަދެ ތަކެއްޗަށް ގެއްލުންދީ ސްޓާފުންނަށް އަނިޔާކުރަން ފެށުމުން ބިރުވެރިކަން ފެތުރުމުން ބައެއް ޑޮކްޓަރުންނާއި ސްޓާފުން ވަނީ އެކި ތަންތަނަށް ވަދެ ފިލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ހާލު ދެރަ ބަލި މީހުންނަށް ވެސް ވަނީ އަޅާނުލެވި ދޫކޮށްލެވިފަ އެވެ. ފަރުވާ ނުލިބުމުން މަރުވީ އައިސީޔޫގައި އޮތް އަންހެނަކާއި ދެ ފިރިހެނުންނެވެ.

ވަކީލުން ރުޅިގަދަވެގެން ހޮސްޕިޓަލަށް ވަދެ ހަމަނުޖެހުން ހިންގީ އެ މީހުންގެ ބައެއް ރަހުމަތްތެރި ވަކީލުންނާ މެދު ހޮސްޕިޓަލުން މިދިޔަ މަހު ވަރަށް އިހާނެތިކޮށް ކަންތައް ކުރި ކަމަށް ބުނެ އެވެ. އެކަމަކު ވަކީލުން ރުޅި ކޮންޓްރޯލުން ނެއްޓުނީ އެ މީހުންނަށް މަލާމާތްކޮށް ހޮސްޕިޓަލުގެ ޑޮކްޓަރަކު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއަކާ ގުޅިގެންނެވެ.