Roadha Mihaaru
ޕާކިސްތާނުގެ ވަކީލުން ކޯޓުތައް ބޮއިކޮޓްކޮށްފި

ބޮމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ވަކީލުން ކޯޓުތައް ބޮއިކޮޓްކޮށްފި

09 އޯގަސްޓް 2016

ކަރާޗީ (އޮގަސްޓް 9) - ޕާކިސްތާނުގެ ބަލޮޗިސްޓާނުގެ ހޮސްޕިޓަލުގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްދީ 70 މީހުން މަރާލި ހާދިސާއާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ވަކީލުން ކޯޓުތައް މިއަދު ބޮއިކޮޓްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަރާޗީ (އޮގަސްޓް 9) - ޕާކިސްތާނުގެ ބަލޮޗިސްޓާނުގެ ހޮސްޕިޓަލުގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްދީ 70 މީހުން މަރާލި ހާދިސާއާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ވަކީލުން ކޯޓުތައް މިއަދު ބޮއިކޮޓްކޮށްފި އެވެ.

ދެކުނުގެ ގުއެއްތާގެ ހޮސްޕިޓަލުގައި ދިން ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ބަލޮޗިސްތާން ބާ އެސޯސިއޭޝަންގެ ރައީސް ބިލާލް އަންވަރު ކާސީގެ ގަޔަށް ބަޑިޖެމުން ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށެވެ. ބޮން ގޮއްވާލާފައި ވަނީ ކާސީ އަށް ފަރުވާ ދެމުން ދިޔަ އިމަޖެންސީ ޑިޕާޓްމަންޓުގެ ބޭރުގަ އެވެ. ކާސީ އަށް ހަމަލާ ދިން ޚަބަރާ އެކު ގާތްގަނޑަކަށް 200 ވަރަކަށް ވަކީލުންނާއި ގިނަ އަދަދެއްގެ ނޫސްވެރިން ހޮސްޕިޓަލަށް ދިޔަ އެވެ. ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގާނޫނީ ދާއިރާގެ ގިނަ ބަޔަކު ހިމެނެ އެވެ.

ގުއެއްތާގެ ހޮސްޕިޓަލުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި ގިނަ އަދަދެއްގެ ވަކީލުން މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ނޫސްވެރިން އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ

ގުއެއްތާގެ ހޮސްޕިޓަލުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި ގިނަ އަދަދެއްގެ ވަކީލުން މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ނޫސްވެރިން އަޑު އުފުލަނީ. --ފޮޓޯ:އޭއެފްޕީ

"ގުއެއްތާގައި ގިނަ އަދަދެއްގެ ވަކީލުން މަރާލުމާ ދެކޮޅު ހެދުމުގެ ގޮތުން ޕާކިސްތާނުގެ ހުރިހާ ހިސާބެއްގެ ކޯޓުތައް ވަކީލުން މިއަދު ވަނީ ބޮއިކޮޓްކޮށްފައި،" ޕާކިސްތާނުގެ ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަލޮޗިސްތާން ސަރުކާރުގެ ތަރުޖަމާން އަންވަރުލް ހައްގު ކާކަރު ވިދާޅުވީ ގެއްލިގެން ދިޔަ ވަކީލުންގެ ހަނދާނުގައި އެ ޕްރޮވިންސްގެ ސްކޫލްތައް ވެސް މިއަދު ބަންދުކޮށްފައިވާ ކަމަށެވެ.

ގުއެއްތާގެ ހޮސްޕިޓަލުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަރުވި މީހެއްގެ ސަންދޯއް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

ގުއެއްތާގެ ހޮސްޕިޓަލުގައި ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަރުވި މީހެއްގެ ސަންދޯއް ގެންދަނީ. --ފޮޓޯ:އޭއެފްޕީ

އިއްޔެގެ ހަމަލާގައި ވަނީ 112 މީހުން ޒަޚަމްވެފަ އެވެ. މީގެ ތެރޭގައި ހާލު ދެރަ 27 މީހުން ވެސް ހިމެނެ އެވެ. އެ މީހުންނަށް ވަނީ އިތުރު ފަރުވާ ދިނުމަށް ކަރާޗީ އަށް ގެންދަން ނިންމައިފަ އެވެ.

ހަމަލާ ދިން ކަމަށް ވަނީ ޕާކިސްތާން ތާލިބާން ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް އަހިރާރު އާއި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ބުނެފަ އެވެ.