Roadha Mihaaru
އެންމެ ނިކަމެތީ އައްޑޫ، ކަމަކީ ގުރުބާންވުން: ނިޒާރު

އެންމެ ނިކަމެތިކޮށް އޮތީ އައްޑޫ، އެއީ ބާކީވާން ޖެހޭ ތަނެއް ނޫން: ނިޒާރު

15 ޑިސެމްބަރ 2019

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ 90 ޕަސެންޓު ރަށްރަށަށް ވަޑައިގެންނެވިއިރު، އެންމެ ނިކަމެތިކޮށް ފެނިވަޑައިގަތީ އެންމެ ތަރައްގީ ކަމަށް ބައެއް މީހުން ބުނާ އައްޑޫ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ 90 ޕަސެންޓު ރަށްރަށަށް ވަޑައިގެންނެވިއިރު، އެންމެ ނިކަމެތިކޮށް ފެނިވަޑައިގަތީ އެންމެ ތަރައްގީ ކަމަށް ބައެއް މީހުން ބުނާ އައްޑޫ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫ މޭޔަރުކަމަށް ވާދަކުރައްވާ ނިޒާރު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ނިކަމެތީ އައްޑޫ ކަމަށް ވާއިރު އެ ސިޓީގެ އިގްތިސާދު އޮތީ ވަރަށް ހާލުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އައްޑޫ ރައްޔިތުންގެ ހިއްސާ އަކީ ހަމައެކަނި "ގުރުބާނީވުން" ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ބާކީވެފައި ތިބެން ޖެހޭނެ ބައެއް ނޫން ކަމަށެެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ނިޒާރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން އައްޑު އަށް ބޮޑު ތަރައްގީއެއް ނާންނަ ކަމަށެވެ. އެކަމަކު، އައްޑޫ މީދު އާއި މަރަދޫފޭދޫ ބަނދަރުގެ މަސައްކަތް ހިނގަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެކަމަކު މާ ބޮޑު ކަންތައްތަކެއް ފެންނާކަށް ނެތް. މި ސަރުކާރަށް އެއް އަހަރު ވެގެން ދިޔަ އިރު، މާ ބޮޑު ތަފާތެއް ފެންނާކަށް ނެތް،" އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް ގޮނޑި ކުރިން ހޯއްދެވި ނިޒާރު ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަށް އަންނަ ކޮންމެ ބަދަލެއްގައި އައްޑޫ ރައްޔިތުންގެ ހިއްސާ އެބައޮތެވެ. އަދި ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއް ވީ ވެސް އައްޑޫ މީހުން ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ބައެއް މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން. ---

އައްޑޫގެ ބައެއް މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން. ---

"އަޅުގަނޑުމެންގެ ހިއްސާ އަކީ ގުރުބާނީ ވުން ކަމަށް އެއީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. އަޅުގަނޑު ގަބޫލު ކުރަނީ ދައުލަތުގެ ހިއްސާ ވެސް އައްޑޫ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް. އެންމެ ނިކަމެތި މީހުންގެ ގޮތުގައި ތާއަބަދު ތިބޭކަށް ނުޖެހޭ،" ކޮންމެ ފަހަރަކު ވެސް އެމްޑީޕީ އަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބޮޑު ގުރުބާނީއެއް ވާ އައްޑޫގެ ނިކަމެތި ހާލު ސިފަ ކުރައްވައި ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގައި އިޖުތިމާއީ މައްސަލަތައް އެހާ ބޮޑެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކޮށްގެންނާއި ވިއްކާ މީހުން އެހާ ގިނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގައި އުމްރާނީ ތަރައްގީގެ ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ހަމައެ ނޭވާގައި ނިޒާރު ވިދާޅުވީ "މަގުތަކުގައި ދުއްވައިލެވޭ" ވަރު ވެސް ނުވާ ކަމަށެވެ. އައްޑޫ ރައްޔިތުން ތާއަބަދު ތިބެން ޖެހިފައި ވަނީ ޝަކުވާ ކުރުމުގައި ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އެހެންވެ، ނިޒާރު ވިދާޅުވީ އައްޑު އަށް ތަރައްގީ ގެނައުމުގައި ސިޔާސީ މީހުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން އާދޭސް ކުރަން ޖެހޭ ކަމަށާއި ޓައި އަޅައިގެން ކައުންސިލްގައި ތިބެގެން މިކަމެއް ނުވާނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

"ރައްޔިތުންނާ ވާހަކަ ދައްކަން ޖެހޭ. ރައްޔިތުންނާ ގުޅުން ބޮޑުވާން ޖެހޭ. އައްޑޫ އަށް ބަދަލު ގެނައުމުގައި އައްޑޫ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން. އައްޑު ރައްޔިތުން އެކައްޗެއްގެ ގޮތުގައި ގެނެސްގެން ތަރައްގީ ކުރެވޭނީ،" ނިޒާރު ވިދާޅުވި އެވެ.

ސ. ހިތަދު އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި.

ސ. ހިތަދު އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި.

އައްޑޫ ތަމްސީލް ކުރައްވާ މަޖިލިހުގެ އެމްޑީޕީގެ ހަތް މެމްބަރުންނާއި ކައުންސިލަރުންނަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަށް ރައްޔިތުންގެ ހައްގު ހޯދައެއް ނުދެވުނެވެ.

އަދި އައްޑު އަކީ ޓޫރިސްޓުން ގޮސް އުޅޭ ތަނެއްގެ ގޮތުގައި އިސްތިހާރު ކުރުމުގެ ވިސްނުން ވެސް ނެތުމުން ނިޒާރު ފާޑު ވިދާޅުވި އެވެ.

ނިޒާރުގެ ވިސްނުމުގައި އައްޑު އަކީ ޓޫރިސްޓުންނަށް ތަފާތު ފުރުސަތުތައް ފަހިވެފައި އޮންނަ ތަނަކަށް ހަދަން ބޭނުންވެ އެވެ. އެއީ ކ. މާފުއްޓާއި ހިންމަފުށި ފަދަ ރަށްރަށާއި ތަފާތު ރަށެއް ކަމަށް ޓޫރިސްޓުން ހިތްހަމަޖައްސާލެވޭނެ ތަފާތު ތަންތަން ހުރި ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، ނިޒާރު ވިދާޅުވީ އައްޑޫގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ރަށްތަކެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އައްޑޫގެ ހާލަތު ބަދަލު ކުރަން ބުރަ މަސައްކަތެއް ކުރަން ޖެހެ އެވެ. އައްޑު އަކީ ރީތި، ރައްކާތެރި ތަނަކަށް ކުރިއަށް އޮތް ތަނުގައި ހެދޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.