15 ޑިސެމްބަރ 2019
އެސްޓީއޯ އިން ވިއްކާ ނިޕޯން ކުލަ ގަންނަ ފަރާތްތަކަށް އެ ކުލަ ލުމުގެ ޚިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފި އެވެ.
އެސްޓީއޯ އިން ވިއްކާ ނިޕޯން ކުލަ ގަންނަ ފަރާތްތަކަށް އެ ކުލަ ލުމުގެ ޚިދުމަތް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ފަށައިފި އެވެ.
ފިޔަވަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ ސިންގަޕޫރުގެ ނިޕޯން ޕެއިންޓް ސީނިއަ މެނޭޖާ ބިޒްނަސް ޑެވެލޮޕްމަންޓް އެންޑް އެކްސްޕޯޓް ހެންރީ އަންގް އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ ފިޔަވަތީގެ ކުދިން ކުޅުމަށް ހަދާފައިވާ ތަނުގައި ކުލަލުމަށް ކުލަ ހަދިޔާ ކޮށްފަ އެވެ.
ފިޔަވައްޗަށް ހަދިޔާކުރި ކުލަ ލާނީ ވެސް އެސްޓީއޯއިންނެވެ. މިއީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ހެންރީ އަންގް ނިޕޯން ކުލަ ލައިދިނުމުގެ ހިދުމަތް ފައްޓަވައިދެއްވަނީ -- ފޮޓޯ: އެސްޓީއޯ
މި ރަސްމިއްޔާތުގައި ހެންރީ އަންގް ވިދާޅުވީ އެ ކުންފުނިން ފޯރުކޮށްދޭ ކުލައަކީ ކޮލިޓީ ރަނގަޅު ގިނަ ދުވަހަށް ހިފަހައްޓާ ކުލައެއް ކަމަށެވެ. އަދި މިއަދު އިފްތިތާހު ކުރެވުނު ހިދުމަތާއެކު ރާއްޖޭގެ ނިޕޯން ކަސްޓަމަރުންނަށް އިތުރު ލުއިތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ނިޕޯން ކުލަ ލައިދިނުމުގެ އިތުރުން ކުލަ ލުމުގެ ކުރިން ފާރުގެ ހާލަތު ހުރި ގޮތް ދެނެގަނެ އެތަނަކާ އެންމެ ގުޅޭ ކުލަތަކާ ގުޅޭ ގޮތުން ހިޔާލު ވެސް ހޯދޭނެ އެވެ. އެސްޓީއޯ އިން ފެށި ކުލަ ލުމުގެ މި ހިިދުމަތާއެކު 12 މަސްދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތަށް ފަހު އެސްޓީއޯއިން ވަނީ ފިޔަވަތީގެ ކުދިންނަށް ހާއްސަކޮށްގެން ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ.
ނިޕޯން ބްރޭންޑުގެ ކުލަ އާއި ދަވާދު ވެލިގާއަށް
އެސްޓީއޯ އިން "ނިޕޯން މެޓެކްސް" ކުލަ ނެރެފި
އެސްޓީއޯ ނިޕޯން ޕްރޮމޯޝަނުގައި ސައިކަލެއް ދެނީ
ނިޕޯން ޕެއިންޓް ގަނެގެން ދުބާއީ ޓިކެޓު ހޯދުމުގެ ފުރުސަތު
ނިޕޯން ޕެއިންޓުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފި
ނިޕޯން ޕެއިންޓުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"