އެންދަމަން އުޅުމުގެ ތެރޭގައި ދޯންޏެއްގެ ފަޅުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
16 ޑިސެމްބަރ 2019
އެންދަމަން އުޅުމުގެ ތެރޭގައި ދޯންޏެއްގެ ފަޅުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދޯނީގައި ބޭނުންކުރާ ބޮއެ އޮޔާދާތީ އެ ބަލާ ފަތާފައި ގޮސް އެނބުރި އަންނަނިކޮށް އުމުރުން 45 އަހަރުގެ ފިރިހެނެއްގެ ހަރަކާތް ހުއްޓިގެން ދޯންޏަށް ނަގައި ބެލިއިރު، އަނގައިން ފޮނު އަރާފައިވާ ކަމަށެވެ.
އަދި އޭނާ ވަގުތުން ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެކަމަކު އޭރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރީ ހެނދުނު 10:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
"މި ހާދިސާގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
މަސްވެރިން މަރުވި ދޯނި މަހަށް ފުރުން މެދުކަނޑާލައިފި
ގެސްޓްހައުސެއްގެ ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ބޯޓެއް ފަރަށް އަރައި ހިނގި ހާދިސާގައި މީހަކު މަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހިޔާ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
އައްޑޫގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ