ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މަސްދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2021 ގައި ދީފައިވީ ނަމަވެސް މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ. މަސްދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު އިއްޔެގެ މެންދުރުފަހު ފުލުހުން ވަނީ ރޫޅާލައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. އެ ތިން މީހުންގެ ތެރޭގަައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.
މެމްބަރު މައުރޫފަކީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ތިން ދޯންޏެއް ގެންދިޔަ ނަމަވެސް އެ ދޯނިތައް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.
"ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށް ފަހު،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބާ ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ރޭ ވިދާޅުވި އެވެ.
މަސްވެރިން ފެލިވަރު ބޭރުގައި މުޒާހަރާ ކުރަނީ
އިހުތިޖާޖުރޫޅާލައި މީހުން ހައްޔަރުކުރުމުން އައިއެލްއޯއަށް
ބިދޭސީންގެ ފުޅާ ނެޓްވޯކު ހިންގި މީހާއަށް ލުއި އަދަބެއް
އިތުރު ހަތަރު މަސާޖު ޕާލާއަކުން ފަސް މީހަކު ބަންދަށް
މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
ފުލުހުން ދޯނިތައް ގެންގޮސް، މުޒާހަރާ ރޫޅާލައިފި
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
މަސާޖު ޕާލާތަކެއް ބަންދުކޮށް ބިދޭސީންތަކެއް ހައްޔަރު
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ