Roadha Mihaaru
ދެކޮޅު ހެދި މީހުން ނަސޭހަތް ގަބޫލުކޮށް ވެކްސިން ދީފި

މަޑުއްވަރީގައި ވެކްސިން ދޭން ދެކޮޅު ހެދި މީހުން ނަސޭހަތް ގަބޫލުކޮށް ވެކްސިން ދީފި

19 ޑިސެމްބަރ 2019

ރ. މަޑުއްވަރީގައި ކުޑަކުދިންތަކަކަށް ވެކްސިން ދޭން ދެކޮޅު ހެދި ބަޔަކަށް ޖެންޑާ މިނިސްޓްރީން ދިން ނަސޭހަތް ގަބޫލުކޮށް، ވެކްސިން ދޭން އެއްބަސްވުމުން އެ ކުދިންނަށް މިއަދު ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރ. މަޑުއްވަރީގައި ކުޑަކުދިންތަކަކަށް ވެކްސިން ދޭން ދެކޮޅު ހެދި ބަޔަކަށް ޖެންޑާ މިނިސްޓްރީން ދިން ނަސޭހަތް ގަބޫލުކޮށް، ވެކްސިން ދޭން އެއްބަސްވުމުން އެ ކުދިންނަށް މިއަދު ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަޑުއްވަރީގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރައި ގަންނަމުންދާ މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން އިއްޔެ ފެށި އޮޕަރޭޝަނާ ގުޅިގެން ނެރުނު ބަޔާނެއްގައިވާ ގޮތުން ކުޑަކުދިންނަށް ވެކްސިން ނުދީ، ތައުލީމުން މަހްރޫމްކޮށް، ކައިވެނިކޮށްގެން ކަަމަށް ބުނެ އެ ކުދިންނަށް އަނިޔާވެރިވަމުންދާ ކަމުގެ ތުހުމަތު ކުރެވެ އެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ބުނީ ވެކްސިން ދޭން ދެކޮޅު ހެދި މީހުން އިއްޔެ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް، ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި ބެލެނިވެރިން އެ ނަސޭހަތް ގަބޫލު ކުރުމުން މިއަދު އެ ކުދިންނަށް ވެކްސިން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި ދެ އަހަރުގެ ފިރިހެން ކުއްޖެއް އަދި އެއް މަހުގެ އަންހެން ކުއްޖެކެވެ.

ހަރުކަށި ދީނީ ފިކުރުގެ މީހުން އެމީހުންގެ ދަރިންނަށް ސިއްހީ ފަރުވާ ދިނުމަށާއި ތައުލީމް ދިނުމަށް ދެކޮޅުހަދަ އެވެ. އެ އަސާސީ ހައްގުން މަހުރޫމް ވެފައިވާ އެތައް ކުއްޖަކު ވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.