ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، "ޔެލޯ އެލާޓް 2" ނެރެފައިވާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ.
24 ޑިސެމްބަރ 2019
ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، "ޔެލޯ އެލާޓް 2" ނެރެފައިވާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ.
މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރޭ 7:00 އިން ފެށިގެން އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި އެލާޓް ނެރެނީ، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަކަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.
މި އެލާޓާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. ސަލާމަތީ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރުން ހިމެނެ އެވެ.
"މި ކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށްވުމާ އެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަގީން ކުރަމެވެ،" ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް މި ވަރުގަދަކުރި އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަ ކްރިސްމަސްއާ ދިމާކޮށް، އެކި ގައުމުތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އޮތް ކަމަށް ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ހަމަލާގެ ފަހަތުގައި އޮތީ، އައިއެސްގެ ލީޑަރު ބަޣްދާދީގެ މަރުގެ ބަދަލު ހިފުން ކަމަށް ވެސް ލިއެފައިވެ އެވެ.
ހައްދުފަހަނާޅާފައިވާ ފިކުރާ ދެކޮޅަށް ދިވެހި ސަރުކާރުގެ މުއައްސަސާތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މުޅި ރާއްޖޭގައި އެ ފިކުރުގެ ނުރައްކާ އޮތް މިންވަރާއި މީހުން މަރަން ފަސް ނުޖެހޭ ދަރަޖައަށް ހައްދުފަހަނާޅާފައިވާ 1400 އެއްހާ ދިވެހިން ތިބި ކަން ސަލާމަތީ ޚިދުމަތްތަކުން މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ ހާމަކޮށްފަ އެވެ.
މި ފިކުރުގެ ނުރައްކާ ކުޑަކުރަން، މިދިޔަ ހަފުތާގައި ސަލާމަތީ ޚިދުމަތްތަކުން ވަނީ ރ. މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
ގައުމުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމްކުރަން ސިފައިން ކުރާ މަސައްކަތުގައި ރައްޔިތުން ދޭ އެއްބާރުލުމަށް ބަޔާނުގައި ސިފައިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"އެލާޓް ލެވެލް މަތިކުރީ ނުރައްކަލެއް އޮވެގެން ނޫން"
އެލާޓަކު ނެތިން: ޕޮލިސް
މަޑުއްވަރީ އަށް އެރީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން!
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީ ގެތަކެއް ފާސްކުރަނީ
ހަރުކަށި ފިކުރަށް ފުރުސަތެއް ނުދޭނަން: ޝަމާލް
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!
އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ
ސަސްޕެންޑްކުރި އަބްދުﷲ ބްރިގޭޑިއާ ޖެނަރަލަކަށް!
ކައިޒީނަށް ފުލުހުން ސެކިއުރިޓީއެއް ނުދޭ
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ