Roadha Mihaaru
ހަށިގަނޑުގެ އެތެރޭގެ ގުނަަވަންތައް ކިޔައިދޭން ސޫޓެއް

ހަށިގަނޑުގެ އެތެރޭގެ ގުނަަވަންތައް ކިޔައިދިނީ ސިފަކޮށްދޭ ސޫޓެއް ލައިގެން

26 ޑިސެމްބަރ 2019

ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭ އިރު، ވީހާ ވެސް ގަޔާވާ އަދި ސިކުނޑި އަށް ނަގައި ގަންނަން ފަސޭހަ ގޮތްގޮތަށް ބައެއް ޓީޗަރުން ކުލާސްތައް ނަގައި ދިނުމަކީ ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް ވީހާ ވެސް މަޖާ އަދި ދަރިވަރުންނާ ވީހާ ވެސް ރަށްޓެހިކޮށް މިކަން ކުރާ ނަމަ ނަތީޖާ ރަނގަޅު ކަމަށް ދައްކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދޭ އިރު، ވީހާ ވެސް ގަޔާވާ އަދި ސިކުނޑި އަށް ނަގައި ގަންނަން ފަސޭހަ ގޮތްގޮތަށް ބައެއް ޓީޗަރުން ކުލާސްތައް ނަގައި ދިނުމަކީ ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ހާއްސަކޮށް ވީހާ ވެސް މަޖާ އަދި ދަރިވަރުންނާ ވީހާ ވެސް ރަށްޓެހިކޮށް މިކަން ކުރާ ނަމަ ނަތީޖާ ރަނގަޅު ކަމަށް ދައްކަ އެވެ.

ސްޕޭންގެ އަންހެން ޓީޗަރަކު ވަނީ މިފަދަ ގޮތަކަށް ފިލާވަޅެއް ނަގައި ދީގެން އެތައް ބައެއްގެ ސަމާލުކަން ހޯދައިފަ އެވެ. ވެރޯނިކާ ޑޫގޫ ސައިންސްގެ ފިލާވަޅެއް ނަގައިދޭން ބޭނުންކުރި އުކުޅަކީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ގުނަންތައް ޕްރިންޓް ކޮށްފައިވާ ސޫޓެއް ބޭނުން ކުރުމެވެ. އިންސާނުގެ ހަށިގަނޑާ ބެހޭ ފިލާވަޅު ނަގައިދިން އިރު އޭނާ ހުރީ އެ ސޫޓް ލައިގެންނެވެ.

ބޭނުމަކަށް ވީ ގުނަވަންތައް ވީހާ ވެސް ތަފުސީލުކޮށް ދަރިވަރުންނަށް ދައްކައި، ކިޔައި ދިނުމާއި އެއް ގުނަވަން އަނެއްގުނަވާ ގުޅިފައި ހުންނަ ގޮތް ވެސް ވީހާ ވެސް ރަނގަޅަކަށް ދަރިވަރުނަށް ބުނެދިނުނެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މި މަހުގެ 16 ވަނަ ދުވަހު ޓްވިޓާގައި ހިއްސާކުރީ ވެރޯނިކާގެ ފިރިމީހާ މައިކް މޮރާޓިނޯސް އެވެ. އޭނާ ބުނީ ގުނަވަންތައް ސިފަކޮށްދޭ ސޫޓެއް ބޭނުން ކުރުމުން ދަރިވަރުންނަށް އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ހުރިހާ ގުނަވަންތައް ދެނެގަންނަން ވެސް ފަސޭހަވި ކަމަށެވެ. އަދި މި ކަންވީ ދަރިވަރުންނަށް ވަރަށް ކަމުދިޔަ ކަމަކަށް ކަމަށް ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ކިޔަވައި ދިނުމުގައި 15 އަހަރުގެ ތަޖުރިބާ ހުރި ވެރޯނިކާ 43، ބުނީ އެފަދަ ކޮސްޓިއުމެއްގެ ހިޔާލު އައީ ދަރިވަރުންނަށް ގުނަވަންތައް ކިޔައިދިން ނަމަވެސް ސިކުނޑި އަށް ނަގައި ގަންނަން ދަތިވާކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

"އެކަމަކު އެ ކޮސްޓިއުމަކީ ވަރަށް ބޭނުންތެރި އެއްޗަކަށް ވީ،" ގްރޭޑް ތިނަކަށް ސައިންސާއި އިނގިރޭސި އާއި އާޓާއި ސޯޝަލް ސައިންސްގެ އިތުރުން ސްޕެއިން ބަސް ވެސް ކިޔަވައިދޭ ވެރޯނިކާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި މީގެ ކުރިން ވެސް ދަރިވަރުންނަށް ފިލާޅުތައް ނަގައި ދިނުމުފައި އާންމުކޮށް ޓީޗަރުން ނުކުރާ ކަހަލަ ކަންކަން ތަޖުރިބާކޮށް، އެއިން ނަތީޖާތައް ވަނީ ހާސިލް ކޮށްފަ އެވެ.

"ލެސަންތައް ނަގައިދޭ އިރު ދަރިވަރުން ވާނުވާ ނޭނގޭ ގޮތަށް އަދި ފޫހިވާ ގޮތަށް އެކަން ކުރުމަކީ ދަރިވަރުންގެ ޝައުގުވެރިކަން ގެއްލޭނެ ކަމެއް. އަހަރެން އަސްލު ބޭނުންވޭ ކިޔަވައި ދިނުމަކީ ވެސް ވަރަށް ފަން، ޝައުގުވެރި މަސައްކަތެއްގެ ގޮތުގައި ދައްކުވައި ދޭން،" ވެރޯނިކާ ބުންޏެވެ.