ރާއްޖޭގެ ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް، ރާވައިލެވޭ "ޖަލެއް" ސަރުކާރުން ގެނެސްފައި ވިޔަސް އޭގެ ބޭނުމެއް ނުކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
25 ޑިސެމްބަރ 2019
ރާއްޖޭގެ ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް، ރާވައިލެވޭ "ޖަލެއް" ސަރުކާރުން ގެނެސްފައި ވިޔަސް އޭގެ ބޭނުމެއް ނުކުރާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ޖަލުތަކުގެ ޖާގައިގެ އިންތިހާ އަށް ބޮޑުވެ އަދި ފުލުހުން ބަލަހައްޓާ ދޫނިދޫގައި ތިބި ގައިދީންގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހަވާލުވާން ޖެހޭ ބަޔަކާ އެ އިދާރާ އިން ހަވާލުނުވި މައްސަލަ މި ހަފުތާގައި ފެންމަތިވެފައި ވަނިކޮށެވެ. ފުލުހުންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކަށް ފަހު، އެ ގައިދީންނާ ހަވާލުވާން ކުށްވެރިން ބަލަހައްޓާ އިދާރާ އިން ފަހުން ވަނީ އެއްބަސްވެފަ އެވެ.
ޖަލުތަކުގެ ޖާގައިގެ މައްސަލައިގައި އުމަރު "މިހާރު" އަށް ވިދާޅުވީ ޖޫން 21، 2016 ގައި އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު ޕްރީފެބް ޖަލެއް ގެންނަން 16.6 މިލިއަން ރުފިޔާ އަށް ޗައިނާގެ ކުންފުންޏަކާ ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، އެ "ޖަލު" ރާއްޖެ ގެނައި ކަމަށާއި ކ. ކާށިދޫގައި ޖަލު ރޭވުމަށް ބަޔަކަށް ހަވާލުކުރިޔަސް އެ މަސައްކަތް ނުކުރާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނާގެ މޭސްތިރިކަމުގައި ނިންމަވާފައި ވާނީ "ރާވާ އެއް ޖަލު" ހދ. ނޭކުރެންދޫގައި ދެ ވަނަ "ޖަލު" ކާށިދޫގައި ބަހައްޓާށެވެ.
އުމަރު ވިދާޅުވާ ރާވާ ޖަލުތަކާ ބެހޭ މައުލޫމާތެއް އަދި ކަރެކްޝަންސް އިން ނުލިބެ އެވެ.
އޭނާ ވިދާޅުވީ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ހުރިހާ ވައްތަރެއްގެ ކުށްވެރިން ވެސް ލަނީ ކޮންކްރީޓް ޖަލަކަށް ކަމަށެވެ. އެކަމަކު، އެއީ ހަރަދު ވެސް ބޮޑު ގޮތެއް ކަމަށް ވިދާޅުވި އެވެ.
ޖަލުގައި ކުށްވެރިން މާ ގިނަ ވެއްޖެ ނަމަ އެތަން ބަލަހައްޓަން އުނދަގޫ ވާނެ ކަމަށާއި އަދި ގައިދީންނާ ހަވާލުވާން ވެސް ކަރެކްޝަންސް އިން އިއުތިރާޒް ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އެއީ މީގެ ކުރިން ވެސް ދިމާވެފައިވާ މައްސަލަތަކެވެ.
ޖަލުތަކުގެ ޖާގައިގެ މައްސަލައިގައި އުމަރު ވިދާޅުވީ ޖޫން 21، 2016 ގައި އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު، ޕްރީފެބް ޖަލެއް ގެންނަން 16.6 މިލިއަން ރުފިޔާ އަށް ޗައިނާގެ ކުންފުންޏަކާ ދިވެހި ސަރުކާރުން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން، އެ "ޖަލު" ރާއްޖެ ގެނައި ކަމަށާއި ކ. ކާށިދޫގައި ޖަލު ރޭވުމަށް ބަޔަކަށް ހަވާލުކުރިޔަސް އެ މަސައްކަތް ނުކުރާ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކޮންމެ މައްސަލައެއްގައި މީހުން ޖަލަށް ލުމަކީ ނުބައި އާދައެއް ކަމަށެވެ. އެ ނިޒާމުގެ ދޭތެރެއަށް ލުއި އަދަބުތައް އަންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން އޭނާގެ ހޯމް މިނިސްޓަރުކަމުގައި ނިންމެވީ ކުށްވެރިންގެ ފައިގައި ޓެގް އަޅުވައި ގޭބަންދަށް ބަދަލުކުރުމަށެވެ.
އުމަރު ވިދާޅުވި ގޮތުގައި ޓެގް އެޅުވުމަށް ފަހު 80 އަހަރުން މަތީގެ 30 ވަރަކަށް މީހުން ޔާމީންގެ ސަރުކާރުން ގޭބަންދަށް ބަދަލުކުރި އެވެ. އެކަމަކު، ނަމަވެސް އެ ނިޒާމު ވެސް މަސައްކަތް ނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެފައި ވަނީ ޖަލުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތި ކަމަށް އަންނަ އަހަރު ނިމުމުގެ ކުރިން އެކަށީގެންވާ ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.
ގައިދީއެއްގެ ކެއުމާއި ސެކިއުރިޓީ އަށް ދުވާލެއްގެ މައްޗަށް 700-1200ރ. ދައުލަތުން ހަރަދުކުރެ އެވެ.
އުމަރުގެ ހޯމް މިނިސްޓަރުކަމުގައި ގައިދީންގެ ފައިގައި ޓެގް އެޅުވުމުން ސިޔާސީ އެކި މީހުންނާއި އެ ގައިދީންނާ ގުޅުން ހުރި އެކި ފަރާތްތައް މެދުވެރިވެ، ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް އޭރު ކުރިމަތި ކުރި އެވެ. އަދި ކުށްކުރާ މީހުން މައިތިރި ކުރުމަށް އުމަރު ފެއްޓެވި މަސައްކަތް ފެއިލްވެ، ގާނޫނުން ހޯމް މިނިސްޓަރަށް ލިބިދޭ ބައެއް ބާރުތައް ވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަތުލެއްވި އެވެ.
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ޖަލުގެ އޮފިސަރުން ގައިދީންނަށް އަނިޔާކޮށް ބޯ ބޭލުވި
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
ދަން ޖެހުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަލު އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިކުރަނީ
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް