Roadha Mihaaru
ބީއެޗްއެމުން ފިޔަވައްޗަށް އެއް އަހަރުގެ ކޯސްޓް ކިރު

ބީއެޗްއެމުން ފިޔަވައްޗަށް އެއް އަހަރު ދުވަހުގެ ކޯސްޓު ކިރު ހަދިޔާކޮށްފި

26 ޑިސެމްބަރ 2019

ކޯސްޓް ކިރު ރާއްޖޭގައި ވިއްކާތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބީއެޗްއެމާއި ފްރިސްލެންޑް ކެމްޕީނާ ގުޅިގެން "ފިޔަވަތީ"ގެ ކުދިންނަށް ބޭނުންވާ އެއް އަހަރު ދުވަހުގެ ކިރު މިއަދު ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޯސްޓް ކިރު ރާއްޖޭގައި ވިއްކާތާ 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބީއެޗްއެމާއި ފްރިސްލެންޑް ކެމްޕީނާ ގުޅިގެން "ފިޔަވަތީ"ގެ ކުދިންނަށް ބޭނުންވާ އެއް އަހަރު ދުވަހުގެ ކިރު މިއަދު ހަދިޔާކޮށްފި އެވެ.

ކޯސްޓް ކިރުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރު ކަމަށް ވާ ބީއެޗްއެމުން ފިޔަވައްޗަށް ކިރު ހަދިޔާކުރަނީ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށެވެ.

ބީއެޗްއެމުން ބުނީ މި އެހީގެ ސަބަބުން ފިޔަވަތީގެ ކުދިން ރަނގަޅު ސިއްހަތެއްގައި ހެދިބޮޑުވުމުގެ އެހީއެއްގެ ގޮތުން ކޮންމެ ދުވަހަކު އެއިން ކޮންމެ ކުއްޖަކަށް ކިރުތައްޓެއް ޔަގީންކުރެވޭނެ ކަމަށެވެ.

ކޯސްޓް ކިރު ރާއްޖޭގައި ވިއްކާތާ 30 އަހަރު ފާހަގަކުރާ އިރު އެފަދަ އެހީއެއް ފޯރުކޮށްދެވުމަކީ "ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބީއެޗްއެމުން ވަނީ ރާއްޖޭގައި ކޯސްޓް ކިރު ވިއްކާތާ 30 އަހަރު ވުމާ ގުޅިގެން "ކޯސްޓް 30" ގެ ނަމުގައި ތަފާތު ކުޅިވަރުތައް ވެސް ބާއްވައިފަ އެވެ. އަދި ގަންނަ ކޮންމެ ކޯސްޓް ކިރުދަޅަކާއި ޕެކެޓަކާ އެކު ޖޯޑެއް ނުވަތަ ޔޯގަޓް ލިބޭ ގޮތަށް މިހާރު ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

ރާއްޖެ އަށް ކޯސްޓު ކިރު ތައާރަފްކުރީ 1989 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ކޯސްޓު ކިރުގެ ސޯލް ޑިސްޓްރިބިއުޓަރަކީ ބީއެޗްއެމް އެވެ.

ބީއެޗްއެމުން ބުނީ ކޯސްޓް ކިރަކީ އަދިވެސް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެއް ކަަމަށެވެ. އެ ކިރަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް މައްޗަށް ދާ ކަމަށް ވެސް ބީއެޗްއެމުން ބުންޏެވެ.

ކޯސްޓު ކިރަކީ ހަށިގަނޑަށް ފައިދާ ލިބޭ މާއްދާތަކާ އެކު، ނެދަލެންޑްސްގެ ފްރިސްލޭންޑް ކެމްޕީނާ އިން އުފައްދާ ކިރެކެވެ. އެގޮތުން ކޯސްޓު ކިރުގެ އެކި ސައިޒުގެ ދަޅާއި ޕެކެޓް ވެސް މިހާރު ލިބެން ހުރެ އެވެ.