Roadha Mihaaru
ކޯސްޓް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ކޯސްޓް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް، ނަސީބުވެރި ތިން މީހަކަށް އުމްރާ ދަތުރު

01 އެޕްރީލް 2018

ބީއެޗްއެމް ޓްރޭޑާސް އިން އެތެރެކޮށް، ވިއްކާ މަޝްހޫރު ކޯސްޓް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެޗްއެމް ޓްރޭޑާސް އިން އެތެރެކޮށް، ވިއްކާ މަޝްހޫރު ކޯސްޓް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރޭގައި ގަންނަ ކޯސްޓް ކިރުދަޅާއި، ޕެކެޓުގެ ކޮންމެ ސައިޒަކާއެކު ވެސް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ ކޫޕަން ކޯޑު ބީއެޗްއެމްގެ ވެބްސައިޓް އަށް ލުމުންނެވެ.

އެ ކުންފުނިން ބުނިގޮތުގައި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމުގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން މީހަކަށް އުމްރާ ދަތުރު ލިބޭނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ގުރުއަތު ނަގާ، ނަސީބުވެރި ތިން ފަރާތަކަށް އިނާމު ދޭނެ ކަމަށް ބީއެޗްއެމް އިން ބުންޏެވެ.

ދިވެހިންގެ ގިނަ ބަޔަކު ލޯބި ކުރާ ކޯސްޓް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފެށިގެން ކުރިއަށް ދާއިރު، ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުން، ޕްރޮމޯޝަން ނިމެންދެން ކޫޕަން ފޮރުވާފައި ބޭއްވުމަށް ބީއެޗްއެމް އިން އެދެ އެވެ.