Roadha Mihaaru
ގުލް މަކާއީ؛ މަލާލާގެ ވާހަކަ ކިޔައިދޭ ފިލްމެއް

ގުލް މަކާއީ؛ މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ފިލްމެއް

28 ޑިސެމްބަރ 2019

އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ބަޔޮގްރަފިކަލް ޑްރާމާ "ގުލް މަކާއީ" އަންނަ ޖެނުއަރީ މަހުގެ 31 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ ޕާކިސްތާނުގެ އެކްޓިވިސްޓް މަލާލާ ޔޫސަފްޒާއީގެ ވާހަކަ ކިޔައިދޭ ބަޔޮގްރަފިކަލް ޑްރާމާ "ގުލް މަކާއީ" އަންނަ ޖެނުއަރީ މަހުގެ 31 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.

ބަސްވާތީ ޗަކްރަބަތީގެ ސްކްރީންޕްލޭ އަކަށް ހަދާފައިވާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޔޫއެންގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ އަމްޖަދު ޚާނެވެ.

"ގުލް މަކާއީ" ގައި މަލާލާގެ ރޯލް ކުޅެފައި ވަނީ ޒީޓީވީން ދައްކާ ސިލްސިލާ "ތުޖުސެ ހެ ރާބްތާ" ގެ ބަތަލާ ރީމް ޝެއިހެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، ދިވްޔާ ދައްތާ، ޕަންކަޖް ތުރިޕަތީ، އަބިމަންޔޫ ސިންގް، އާރިފް ޒަކަރިއްޔާ، މުކޭޝް ރިޝީ، ޝާރިބް ހާޝިމީ، ކަމްލޭޝް ގިލް އަދި 2017 ގައި މަރުވެފައިވާ އެކްޓަރު އޯމް ޕޫރީ ހިމެނެ އެވެ.

"ގުލް މަކާއި" ގައި މަލާލާގެ ހަޔާތުގެ ވަރަށް ގިނަ ސޮފުހާތަކެއް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި އަންހެން ކުދިންނަށް ތައުލީމަށް ހޯދައިދޭން ކުރި މަސައްކަތްތަކާއި އެކަމާ ގުޅިގެން ތާލިބާންގެ ހަރުކަށި ބަޔަކު މަލާލާގެ ބޮލަށް ދިން ނުރައްކާތެރި ހަމަލަ އާއި ފުރާނަ ސަލާމަތްކުރަން އިނގިރޭސި ވިލާތުގައި ކުރި ހަނގުރާމަ އާއި އޭގެ ފަހުން ދިރިއުޅުމަށް އައި ބޮޑު ބަދަލު ފިލްމުގައި ދައްކުވައި ދޭނެ އެވެ. ހަމަ މިއާ އެކު ނޯބެލް ސުލްހައިގެ އިނާމާ ހަމައަށް މިހާރު އުމުރުން 22 އަހަރުގެ މަލާލާ ކުރި ދަތުރަށް "ގުލް މަކާއީ" ގައި އަލިއަޅުވާލާފައި ވާނެ އެވެ.

މަލާލާ އަކީ ވަރަށް ގިނަ ބަޔަކު ރޯލް މޮޑެލްއެއްގެ ގޮތުގައި ދެކޭ އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ވަރުގަދަ ޝަހުސިއްޔަތެކެވެ.