Roadha Mihaaru
އައްޑޫގެ ފްލެޓްތަކުގެ މަރާމާތު ފައިސާ ހަވާލު ކުރަނީ

އައްޑޫގެ ފްލެޓްތަކުގެ މަރާމާތަށް ފައިސާ ހަވާލުކުރަން ފަށައިފި

31 ޑިސެމްބަރ 2019

އައްޑޫން އަލަށް ދޫކުރި ފްލެޓްތަކުގައި ކުރަން ހުރި މަރާމާތުތަކަށް ސަރުކާރުން ދޭން ނިންމި ފައިސާ، އައްޑޫ ސިޓީ ކައުންސިލުން ހަވާލުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން އަލަށް ދޫކުރި ފްލެޓްތަކުގައި ކުރަން ހުރި މަރާމާތުތަކަށް ސަރުކާރުން ދޭން ނިންމި ފައިސާ، އައްޑޫ ސިޓީ ކައުންސިލުން ހަވާލުކުރަން ފަށައިފި އެވެ.

ކައުންސިލުން މިއަދު ބުނީ، ފްލެޓްތަކުގެ މަރާމާތުގެ ގޮތުގައި، ފްލެޓް ލިބުނު މީހުން ފާހަގަކުރި ކަންތައްތަކަށް ރިއާޔަތް ކޮށް، މަރާމާތުތަކަށް ހައުސިން މިނިސްޓްރީން ދީފައި ވަނީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ އެވެ.

ފްލެޓްތަކުގެ މީހުންނާ، އެ ފައިސާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، ފައިސާ ދެނީ ކުރަން ހުރި މަރާމާތުތައް ވަޒަން ކުރުމަށް ފަހު އެވެ. ފްލެޓް ލިބުނު މީހުން ވަނީ ކުރަން ހުރި މަރާމާތުތައް ކައުންސިލާއި ހައުސިން މިނިސްޓްރީއާ ހިއްސާ ކޮށްފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދު އާއި ހުޅުދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންނާ އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ކައުންސިލުން ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެގޮތުން ހިތަދޫން 264 ފްލެޓް ދޫކޮށްފައިވާ އިރު، ހުޅުދޫގައި އިމާރާތް ކުރި 48 ފްލެޓްގެ ތެރެއިން ދޫކޮށްފައި ވަނީ 20 ފްލެޓެވެ.

މީގެ ތެރެއިން ބައެއް ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެ އެވެ. ފްލެޓްތަކުގެ ޑައުންޕޭމަންޓަށް 19،000ރ. ދައްކާފައިވެ އެވެ. އަދި ފްލެޓްތަކަށް ދައްކަން ޖެހޭ ފައިސާ ހަލާސް ވަންދެން 20 އަހަރު ވަންދެން މަހަކު 3،000ރ. ދައްކަން ޖެހެ އެވެ.