Roadha Mihaaru
ރާއްޖެއިން، ޝަރަފުވެރި، ހައްގު މަގާމު ހޯދައިފި:ޝާހިދު

ރާއްޖެ އިން މިހާރު ވަނީ ޝަރަފުވެރި، ހައްގު މަގާމު ހޯދާފައި: ޝާހިދު

31 ޑިސެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިވީ އެއް އަހަރުގެ ތެރޭގައި، ރާއްޖެ މިހާރު ވަނީ ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު އަނެއްކާ ވެސް ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިވީ އެއް އަހަރުގެ ތެރޭގައި، ރާއްޖެ މިހާރު ވަނީ ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު އަނެއްކާ ވެސް ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާގެ މެސެޖުގައި ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް ހައްގު މަގާމަށް ރާއްޖެ އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.

ޒަމާންވީ ގުޅުން އޮތް ގައުމުތަކާ ގުޅުން ބަދަހިކޮށް، އިތުރު ގައުމުތަކާ ގުޅުން ގާއިމްކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރު ކަމާ އެކު ވަރުގަދަ ކުރުން،" އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ ތަހުނިޔާގެ މެސެޖު

ޝާހިދު ވިދާޅުވި ގޮތުގައި، މި ފެށޭ އަހަރުގެ ތެރޭގައި، ރާއްޖެ އަކީ ކުދި ޖަޒީރާ ގައުމުތަކުގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ ގައުމަކަށް ހެދުމަކީ ކުރިމަގުގެ އަމާޒެކެވެ. އަދި ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އާއި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރާނެ ގޮތަށް ދޮރުތައް ހުޅުވައި ދިނުމަކީ ވެސް މި ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި ބޭރަށް ދަތުރުކުރާ ދިވެހިންނަށް މިހާރަށް ވުރެ ލުއި ފަސޭހަ އިތުރު ގޮތްތަކެއް އަންނަ އަހަރު ހޯދައި ދޭނެ އެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުމާ އެކު ކުރިއަށް އޮތީ ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.