Roadha Mihaaru
ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ލީޑަރުންގެ ސަމާލު ކަމަށް

ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ލީޑަރުންގެ ސަމާލު ކަމަށް

21 ސެޕްޓެމްބަރ 2016

ނިއު ޔޯކް (ސެޕްޓެމްބަރު 21) - އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ބައްދަކު ކުރެއްވި ދުނިޔޭގެ ކޮންމެ ލީޑަރެއްގެ ސަމާލު ކަމަށް ކަޝްމީރުގެ މައްސަލަ ގެންނަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އެމެރިކާ، އިނގިރޭސި ވިލާތް، ޖަޕާން އަދި ތުރުކީގެ ވެރިންނާ އެކު ނަވާޒް ޝަރީފް ބައްދަލު ކުރައްވާ ކަޝްމީރުގެ މައްސަލަ އަށް ހައްލެއް ހޯދުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އަދި ކަޝްމީރުގައި އިންޑިއާ އިން ހިންގާ އިންސާނިއްޔަތާ ޚިލާފު ކަންކަން ވަނީ އެ ބޭފުޅުންގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާ އެކު ނަވާޒް ޝަރީފް ބޭއްވެވި ބައްދަލުވުމުގައި ވަނީ ކަޝްމީރުން 107 މީހުން ގަތުލްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަޝްމީރުގެ މައްސަލަ ހައްލު ކޮށްދިނުމަށް އެމެރިކާ އިން އެހީތެރިވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ޖެނެރަލް އެސެމްބްލީގައި ނަވާޒް ޝަރީފް ދެއްވާ ތަގްރީރުގައި ކަޝްމީރުގެ މައްސަލަ އަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާނެ އެވެ.

ކަޝްމީރުގައި އެންމެ ފަހުން ހަމަނުޖެހުންތައް ހިނގަން ފެށީ މިނިވަން ކަމަށް މަސައްކަތްކުރާ ލީޑަރަކު އިންޑިއާ އިން ހަމަލާދީ މަރާލުމުންނެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ހަމަނުޖެހުންތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައިވާ ކަޝްމީރުން 80 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.