އެމެރިކާ މީހުން ހަނދަށް ދިޔަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ފޭކެއް ކަމަށް އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން ބުނެފި އެވެ.
އެމެރިކާ މީހުން ހަނދަށް ދިޔަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ފޭކެއް ކަމަށް އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން ބުނެފި އެވެ.
ކިމް އެގޮތަށް ބުނީ ކާޑޭޝިއަން އާއިލާގެ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް"ގެ އެންމެފަހުން ގެނެސްދިން އެޕިސޯޑުގަ އެވެ. އެ އެޕިސޯޑުގައި ކިމް އޭނާގެ ކޯ-ސްޓާރު ސެރާ ޕޯލްސަން ގާތުގައި ބުނީ އެމެރިކާ މީހުން ހަނދަށް ދިޔަ ވާހަކަ އޭނާ ގަބޫލު ނުކުރާ ކަމަށާއި އެއީ ނުވާ ކަމެއް ކަމަށެވެ.
ސެރާ އާއި ކިމް އެ ވާހަކަ ދެއްކީ، ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ބީއްސާލި ދެ އިންސާނުން ކަމަށްވާ ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއް ބަލަމުންނެވެ.
ކިމް ބުނީ ނީލް އާއި ބަޒްގެ އިންޓަވިއުތަކާ ގުޅޭ ގޮތުން ލިޔެފައިވާ އެތައް ލިޔުންތަކެއް ކިޔާފައިވާ ނަމަވެސް، އެއިން އެއްވެސް ލިޔުމެއްގައި އެ މިޝަންގައި އެމީހުން އެއްވެސް ވަރަކަށް ބިރުގަތް ކަމަށް ބުނެފައި ނެތް ކަމަށެވެ.
"އެ މީހުން ބިރުނުގަތީ އެކަން އެހެން ނުވާތީ. އެއީ ބިރުވެރި ކަމަކަށް ވެދާނެ، އެކަމަކު އެހެން އެކަން ނުވީ އެކަން ނުހިނގާތީ [ހަނދަށް ނުވާތީ]،" ކިމް ބުންޏެވެ.
"އަހަރެން ގަބޫލުކުރަނީ އެއީ ފޭކެއް ކަމަށް. އަހަރެން ބަލައިފިން އެއީ ނުހިނގާ ކަމެއް ކަމަށް ބަޒް އަލްޑްރިން ބުނާ ބައެއް ވީޑިއޯތައް ވެސް. އޭނާ މިހާރު ހުރިހާ އިންޓަވިއުތަކެއްގައި ވެސް އެހެން ބުނޭ. އަހަރެމެން ވީ ބަޒް އަލްޑްރިން ހޯދަން."
ކިމްގެ އެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ އެކްޓިން އެޑްމިނިސްޓްރޭޓާ ޝޯން ޑަފީ ވަނީ ކިމް ޓެގުކޮށް ރައްދުގައި އެކްސްގައި އިއްޔެ ޕޯސްޓެއް ކޮށްފަ އެވެ. "ދަ ކާޑޭޝިއަންސް"ގެ އެޕިސޯޑުގައި ކިމް އެ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ ވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ.
"އާނ... އަހަރެމެން ހަނދަށް ދިޔައި... ހަ ފަހަރު،" އޭނާ ބުންޏެވެ.
Yes, @KimKardashian, we’ve been to the Moon before… 6 times!
— NASA Acting Administrator Sean Duffy (@SecDuffyNASA) October 30, 2025
And even better: @NASAArtemis is going back under the leadership of @POTUS.
We won the last space race and we will win this one too ???
?: Hulu pic.twitter.com/CkexEEPFSv
ޝޯން ބުނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ލީޑާޝިޕްގެ ދަށުން އަނެއްކާވެސް ހަނދަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދުނިޔޭގެ ޖައްވީ ރޭހުގައި ކުރިން ވެސް ކުރި ހޯދި ކަމަށާއި ދެން ވެސް އެމެރިކާއިން ކުރި ހޯދާނެ ކަމަށް އޭނާ ބުންޏެވެ.
ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ފައިބައި އެތަނުގައި ހިނގީ ޖުލައި 20، 1969 ގަ އެވެ. ތާރީހީ އެ ބޮޑު ކާމިޔާބު އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ފާހަގަކުރާއިރު އަދިވެސް އިންސާނުން ހަނދަށް ދިޔަ ކަމަށް ގަބޫލުނުކުރާ އެތައް ބަޔަކު އުޅެ އެވެ.
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި
ހަނދުގެ ވަށައިގެން ބުރުޖެހުމަށް ފަހު އޮރިއަން ބިމަށް
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި
އެމެރިކާ އަނެއްކާ ހަނދަށް ދަނީ
ހަނދުން ގެނައި ހިރަފުސްތަކެއް ނީލަމުގައި ވިއްކާލަނީ
ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި