އޮސްޓްރޭލިއާ އަށް މި ވަގުތު ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ގައުމުގެ ޖަންގަލިތަކުގައި ރޯވެ، އަނދަމުން ދިއުމެވެ. އެހެންވެ، އެ ގައުމުގައި މިހާރު އެންމެ ގަދައީ އަލިފާން ނިއްވާ އުޅަނދުތަކުގެ ސައިރެންގެ އަޑެވެ.
05 ޖެނުއަރީ 2020
އޮސްޓްރޭލިއާ އަށް މި ވަގުތު ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެ ގައުމުގެ ޖަންގަލިތަކުގައި ރޯވެ، އަނދަމުން ދިއުމެވެ. އެހެންވެ، އެ ގައުމުގައި މިހާރު އެންމެ ގަދައީ އަލިފާން ނިއްވާ އުޅަނދުތަކުގެ ސައިރެންގެ އަޑެވެ.
މި އަޑަށް މިހާރު ހޭނިފައި ވަނީ އޮސްޓްރޭލިއާގެ ރައްޔިތުން އެކަންޏެއް ނޫނެވެ. ދޫނިސޫފާސޫފިތައް ވެސް ސައިރެންގެ އަޑަށް ހޭނި، އެ އަޑު ކޮޕީކޮށް "ސައިރެން" އަޅަން ވަނީ ފަށައިފަ އެވެ.
ގްރެގަރީ އެންޑްރޫޒް ކިޔާ މީހެއްގެ ފޯނުގެ ކެމެރާ އަށް ރިކޯޑް ކުރަން ލިބުނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ނިއުކާސަލްގައި މެގްޕައި ދޫންޏެއްގެ ސައިރެން އަޑެވެ. އެ ވީޑިއޯ ފޭސްބުކްގައި އާންމު ކުރަމުން އޭނާ ބުނީ މިއީ މިހާތަނަށް ފެނުނު އެންމެ "ކޫލް" ކަންތައް ކަމަށެވެ.
?
— Planetary Security? (@Planetary_Sec) January 2, 2020
My first tweet in the third decade of the third millennium illustrates best the sad state of our planet.
An Australian magpie has been hearing so many fire trucks that he has started to copy the sirens.
Yes, our house is on fire! ? #Bushfires pic.twitter.com/LPlPori3s5
އެ ވީޑިއޯގައި ފެންނަނީ ދަގަނޑު ފެންސެއްގެ މަތީގައި ޖައްސާލައިގެން އިންނަ މެގްޕައި ވަރަށް ހަމަޖެހިލައިގެން އިނދެ އަލިފާން ނިއްވާ އުޅަނދުތަކުން އިވޭ ގޮތަށް ސައިރެންގެ އަޑު ލައްވާ ތަނެވެ.
މި ވީޑިއޯ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވެ، އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން، ކޮޕަކަބާނާ ރޫރަލް ފަޔާ ބްރިގޭޑުން ބުނީ ނިއު ސައުތު ވޭލްސް އިން މިހާރު ސައިރެންގެ އަޑު ނުކެނޑޭތީ ދޫނިތަކަށް އެ އަޑު ދަސްވާން ފެށީ ކަމަށެވެ.
މި ވީޑިއޯއާ ބެހޭ ގޮތުން ސްވިޑްންގެ ސްޓޮކްހޯމްގެ އިންސްޓިޓިއުޓް ފޮ ޕްލެނެޓްރީ ސެކިއުރިޓީގެ އެލެގްޒެންޑާ ވާބީކް ވިދާޅުވި ގޮތުގައި، މެގްޕައިގެ ފަރާތުން ފެނުނު އެ މަންޒަރަކީ އިންސާނުންގެ ސަބަބުން ދުނިޔެ އަށް ލިބޭ ގެއްލުންތަކުން ހުރިހާ ދިރުންތަކެއް ކަންބޮޑުވާ ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.
ފުރާނަ ސަލާމަތްވީ ގުރައަކާ ހެދި
އަލިފާން ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
އޭޑީކޭ ގުރޫޕްގެ ޔޮޓެއްގައި ރޯވެ އަޑިއަށް ހިނގައްޖެ
ގޭސް ދޫކޮށްގެން އުނދުން ރޯކުރަނިކޮށް ކުއްޖަކު ފިހިއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
އަލިފާނުގައި ގެއްލުންވި ގެތަކުން 22މީހަކު ބަދަލުކޮށްފި
ތުރުކީގެ ހޮޓަލެއްގައި އަލިފާން ރޯވެ، 76 މީހުން މަރު
ހުޅުމާލެ 2 ގައި ފަޔަ ހައިޑްރެންޓް ސިސްޓަމް ބަހައްޓަނީ