ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ އާއި ރޭ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
06 ޖެނުއަރީ 2020
ސްރީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ އާއި ރޭ ގެންދިޔަ 12 ދިވެހިންގެ ތެރެއިން ފަސް މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް އެންމެ ފަހުން ގެންދިޔައީ ވިސާ ހަމަވުމުން ވެސް އެ ގައުމުގައި މަޑުކުރި މީހެއް ކަމަށެވެ. އެ މީހާގެ އިތުރުން އަންހެނަކާއި ތިން ކުދިން ރޭ ދޫކޮށްލާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
މި ފަސް މީހުންގެ އިތުރުން އެހެން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ލަންކާގެ ކޯޓަކަށް މިއަދު ހާޒިރު ކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެނގިފައިވާ ގޮތުގައި އެ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލަން މިހާރު ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ފުރަތަމަ ބުނީ ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަ ދިވެހިން ކަމަށާއި ކޮލަމްްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މުވައްޒަފުން އެ މީހުންނަށް ކޮންސިއުލާ ހިދުމަތް ދެމުން އަންނަ ކަމަށެވެ.
ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގު "މިހާރު" އަށް ރޭ ވިދާޅުވީ އެ ހަ މީހުން ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެމީހުން ފުލުހުންގެ މަރުކަޒަކަށް ގެންދިޔައީ އާއްމު އުސޫލުން ސުވާލުކުރި އިރު ލިޔެކިޔުން ނެތުމުން ކަމަށެވެ.
ލަންކާގައި މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަަމަލާތަކަށް ފަހު އެ ގައުމުގެ ސަލާމަތީ ކަންތައްތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ. އެގޮތުން، އެކި ސަރަހައްދުތަކަށް ފުލުހުން ގޮސް ބިދޭސީންނާ ސުވާލުކޮށް، ލިއެކިޔުންތައް ހުރިތޯ ބެލުމުގެ އޮޕަރޭޝަންތައް ދޭތެރެދޭތެރެއިން ހިންގަ އެވެެ.
ލަންކާގައި ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ވިސާނެތި ލަންކާގައި އުޅުނު 3 ދިވެއްސަކު ހައްޔަރުކޮށްފި
12 ދިވެހިންގެ ތެރެއިން އެކަކު ލަންކާގައި ހައްޔަރު
ލަންކާގައި ވިސާނެތް ދިވެހިންގެ ތެރޭގައި ކުށްވެރިން ވެސް
ލަންކާގައި ވިސާ ނެތް ދިވެހިންނަށް އަދި ހައްލެއް ނުލިބޭ
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި
ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި
"ލަންކާގައި ގިނަ ދިވެހިންތަކެއް ވިސާ ނެތި އެބައުޅޭ"
ގިނަ ދިވެހިން ލަންކާ އިން ހައްޔަރު ކުރީ ވިސާ ހަމަވެގެން