01 މެއި 2019
ކްރިސްޓިއަނުންގެ ފައްޅިތަކަށާއި މަޝްހޫރު ހޮޓާތަކަށް ދިން ބޮމުގެ ވަރުގަދަ ހަމަލާތަކަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ސްރީ ލަންކާ އިން ހައްޔަރު ކުރި ގިނަ ދިވެހިންނަކީ ވިސާގެ މުއްދަތު ހަމަވެގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކަން އެނގިއްޖެ އެވެ.
ކްރިސްޓިއަނުންގެ ފައްޅިތަކަށާއި މަޝްހޫރު ހޮޓާތަކަށް ދިން ބޮމުގެ ވަރުގަދަ ހަމަލާތަކަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ސްރީ ލަންކާ އިން ހައްޔަރު ކުރި ގިނަ ދިވެހިންނަކީ ވިސާގެ މުއްދަތު ހަމަވެގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކަން އެނގިއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ލަންކާ އިން ދިވެހި 13 މީހަކު ހައްޔަރު ކުރި އެވެ. އެކަމަކު، ފުލުހުންގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބީ އަށް މީހެކެވެ.
އެނގިފައިވާ ގޮތުގައި ގިނަ ދިވެހިން ހައްޔަރު ކުރީ ވިސާގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ. ބައެއް މީހުން އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވިސާ އާ ނުކޮށް ތިބި ކަން އެނގިފައިވެ އެވެ. އެކަމަކު، މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ އެއް ކަމަކީ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ވިސާ އާ ކުރުން ކަމަށެވެ. ވިސާ އާ ނުކުރާ ދިވެހިންނާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަންކާގައި މިހާރު އޮތީ އާދައިގެ ހާލަތެއް ނޫން. އެހެންވީމަ، ވަރަށް މުހިންމު ކަމެއް، ލަންކާގެ ގާނޫނުތަކާއި ގަވައިދުތަކަށް ދިވެހިން އިހްތިރާމްކޮށް ބޯލެނބުމަކީ،" މިއުވާން ވިދާޅުވި އެވެ.
ލަންކާ އިން ހައްޔަރު ކުރި މީހުންގެ ތެރެއިން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފޮތެއް ފެނުނު މައްސަލައިގައި ދެ ދިވެއްސަކު ހައްޔަރު ކުރި އެވެ. މި މައްސަލައިގައި ހައްޔަރު ކުރި އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓުންގެ ބަންދަށް ކޯޓުން ވަނީ 13 ދުވަސް ޖަހައިފަ އެވެ.
މީގެއިތުރުން ދިވެހިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެއާ ގަންއެއް ފެނުނު މައްސަލައިގައި ހަތަރު ދިވެއްސަކު ހައްޔަރު ކުރި އެވެ. އެކަމަކު، އެމީހުން ވަނީ ދޫކޮށްލައިފަ އެވެ.
މިއުވާން ވިދާޅުވީ ލަންކާގައި ހައްޔަރުކޮށްފައި ތިބި އެންމެންގެ ހާލު ވެސް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބަލަމުން އަންނަ ކަމަށެވެ. ހައްޔަރު ކުރާ މީހުން ކޯޓަށް ގެންދާއިރު ވެސް އެމްބަސީގެ އޮފިޝަލުން އެ މީހުންނާ އެކު ކޯޓަށް ވެސް ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. މި ހަމަލަތަކުގައި ދިވެއްސަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ލަންކާ އަށް އިތުރު ހަމަލަތަކެއް ދީފާނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ވަނީ ދީފަ އެވެ.
މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކޮށްފި
ލަންކާގެ ރެސިޑެންސް ވިސާގެ އުސޫލު ހަރުކަށިކޮށްފި
ހައްޔަރުކުރި 4 ދިވެއްސަކު އުޅޭ ތަނުން ޑްރަގްސް ފެނުނު
ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި 6 ދިވެއްސެއް
ދިވެހިންގެ ހާލު ބެލުމަށް ރައީސްގެ މަންދޫބެއް ލަންކާއަށް
ލަންކާ ވިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން
ވިސާނެތި ލަންކާގައި އުޅުނު 3 ދިވެއްސަކު ހައްޔަރުކޮށްފި
12 ދިވެހިންގެ ތެރެއިން އެކަކު ލަންކާގައި ހައްޔަރު
ލަންކާ ފުލުހަށް ގެންދިޔަ ފަސް ދިވެއްސަކު ދޫކޮށްލައިފި
ލަންކާގައި ހަ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް