06 ޖެނުއަރީ 2020
ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި އެފްއޭ ކަޕް ކުޅެނީ ރަނގަޅު ބޯޅައަަކުން ނޫން ކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ޝަކުވާކޮށްފި އެވެ.
ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި އެފްއޭ ކަޕް ކުޅެނީ ރަނގަޅު ބޯޅައަަކުން ނޫން ކަމަށް ބުނެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ޝަކުވާކޮށްފި އެވެ.
އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމް ކުޅުނު މެޗުން ވަނީ މިޑްލްސްބަރާ އަތުން 1-1 އިން ރަށުން ބޭރުގައި އެއްވަރުވެފަ އެވެ. މޮރީނިއޯ ބުނީ އިނގިރޭސި އެފްއޭ އިން ރާވާ މުބާރާތްތަކުގައި ބޭނުންކުރަން ޖެހޭނީ އެއް ބްރޭންޑެއްގެ ބޯޅަތަކެއް ކަމަށާއި ކޮންމެ މުބާރާތެއްގައި ވަކި ބޯޅައެއް ބޭނުންކުރުުމުން އޭގެ އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
"އަހަންނަށް ހީވަނީ މިއީ ބީޗްބޯޅައެއް ހެން. މި ބޯޅަ ވަރަށް ލުއި. އަހަންނަށް ހިއެއްނުވޭ މިއީ ކުޅުންތެރިންނަށް ފަސޭހަވާނެ ކަމެއްހެން. އެކަމަކު މިއީ އަހަރެން ކުރާ ޝަކުވާއެއް ނޫން. މިއީ ހަގީގަތުގައި ހުރި ކަންބޮޑުވުމެއް،" ރޭގެ މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުންޏެވެ.
އެފްއޭ ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަނީ އެ ވަސީލަތްތައް ގާއިމްވެފައި ހުންނަ ސްޓޭޑިއަމްތަކުގަ އެވެ. މޮރީނިއޯ ބުނީ ރޭގެ މެޗުގައި ޓޮޓެންހަމް ކޮޅަށް މިޑްލްސްބަރާގެ އެޝްލީ ފްލެޗާ ޖެހި ގޯލު އޮފްސައިޑް ކަމަށެވެ.
"ވީއޭއާރް ހުރިނަމަ އެއީ ޔަގީނުން ވެސް އޮފްސައިޑް ގޯލެއް. ޔަގީނުން ވެސް ރެފްރީ އަކީ 200 މޭލު ދުރުގައި ހުރި އޮފީހެއްގައި ހުރި މީހެއް ނޫން އެ ނުފެންނަން،" މޮރީނިއޯ ބުންޏެވެ.
ދާދި ފަހުން މޮރީނިއޯ އަށް ވަނީ އިދިކޮޅު ޓީމު ބެންޗުގައި އިން ކޯޗިން ސްޓާފެއްގެ ނޯޓުތަކެއް ކިޔުމުން ރީނދޫ ކާޑެއް ދައްކައިފަ އެވެ. ލީގުގައި ސައުތެމްޓަން އަތުން 1-0 އިން ޓޮޓެންހަމް ބަލިވި މެޗުގައި ސައުތެމްޓަންގެ އޮފިޝަލުންގެ ހަރަކާތްތަކާ މެދު މޮރީނިއޯ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. މޮރީނިއޯ ރުޅިއައީ ސައުތެމްޓަންގެ ބައެއް ކޯޗުން ސްޓާފުން ބޯލްބޯއީ އަށް މެޗު ލަސްކުރަން އިރުޝާދުދިން ކަމަށް ތުހުމަތުކޮށްފަ އެވެ. އެ މެޗަށް ފަހު މޮރީނިއޯ ބުނީ ސައުތެމްޓަން ބެންޗުގައި ހުރި "މޮޔައަކާ" މެދު އޭނާ އަށް ކަންތައް ކުރެވުނީ ގޯސްކޮށް ކަމަށެވެ.
ހުސްއަތާ ސީޒަން ނިންމާލަން ބޭނުމެއް ނޫން: މޮރީނިއޯ
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ވިލާ، 8 އަހަރުތެރޭ އެފްއޭ ކަޕްގައި ފުރަތަމަ މޮޅު
ފަހަތުން އަރައި މޮޅުވެ ޔުނައިޓެޑް ކުއާޓާ އަށް
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ
ނޮޓިންހަމް އަތުން ބަލިވެ، ޗެމްޕިއަން ލެސްޓާ ކަޓައިފި
ޗެލްސީ، ޓޮޓެންހަމް އަދި ސިޓީ ވެސް ފަސްވަނަ ބުރަށް
ފަހަތުންއަރައި މޮޅުވެ ލިވަޕޫލާއި ޓޮޓެންހަމް އަނެއްބުރަށް
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި