Roadha Mihaaru

މައްސަލަ ދިމާވި ފޮތް ދޫކުރެވުނީ އޮޅުމަކުން، ސްކޫލާ ހަވާލުކުރަން ވާނީ އަންގާފައި: އަހުމަދިއްޔާ

އެހެން ދީންތަކުގެ މައުލޫމާތު ހިމެނޭ ދެ ފޮތެއް ދޫކުރެވުނީ އޮޅުމަކުން ކަމަށާއި އެ ފޮތްތައް ހަވާލުކުރަން އަންގާފައިވާ ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.

މައްސަލަހުރި ފޮތް ހަވާލުކުރަން އަންގައިފިން:އަހްމަދިއްޔާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

07 ޖެނުއަރީ 2020

އެހެން ދީންތަކުގެ މައުލޫމާތު ހިމެނޭ ދެ ފޮތެއް ދޫކުރެވުނީ އޮޅުމަކުން ކަމަށާއި އެ ފޮތްތައް ހަވާލުކުރަން އަންގާފައިވާ ކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މިއަދު ބުނެފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ މައްސަލަ ޖެހިގެން އުޅެނީ ޔޫކޭޖީގެ އިނގިރޭސި މާއްދާގެ ދެ ފޮތެއްގައި، ކްރިސްމަސް ލަވަ އަދި އިންޑިއާގެ ދީނާއި ސަގާފަތާ ގުޅޭ ކުރެހުންތައް ހުރެގެން ކަމަށެވެ.

އެ ފޮތްތައް ގެނައީ އިންޑިއާގައި ހުންނަ ކެމްބްރިޖް ޕްރެސް ޔުނިވާސިޓިންނެވެ. މީގެ ކުރިން ވެސް އަހުމަދިއްޔާ އަށް ފޮތްތައް ގެނެސްފައިވަނީ އެ ޔުނިވާސިޓިން ކަމަށް ވިއަސް ކުރިން ފޮތްތައް ދޫކުރަނީ، ރަޝީދު ވިދާޅުވިގޮތުގައި، އެހެން ދީންތަކާ ގުޅޭ ކުރެހުންތަކުގެ ބަދަލުގައި ރާއްޖޭގެ ދިދަ އާއި ތާރީހާ ގުޅޭ މައުލޫމާތު ހިމެނޭ ގަނޑެއް ތަތްކުރުމަށް ފަހުގައި ކަމަށެވެ.

"ދެ ފޮތުގައި މައްސަލައެއް ޖެހިގެން އުޅުނީ. މިފަހަރު ފޮތްތައް ލިބުން ލަސްވެގެން، ރަނގަޅަށް ޗެކްނުކޮށްލައި ފޮތްތައް މި ބެހުނީ،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޔޫކޭޖިން 300 ދަރިވަރުންނަށް ޖާގަދީފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ގެންގޮސްފައިވަނީ 60 ފޮތް ބައި ކަމަށެވެ.

މައްސަލަ ދިމާވި ފޮތް ސްކޫލާ ހަވާލުކުރަން މިހާރު ވަނީ އަންގައިފަ އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާނެ އެވެ.