އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް މިިއަދު ފާހަގަކޮށްފި އެވެ.
21 ފެބުރުއަރީ 2017
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް މިިއަދު ފާހަގަކޮށްފި އެވެ.
ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ.
އަހުމަދިއްޔާގައި ޓީޗަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަދި މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ވަނީ، ސްކޫލުގެ އެކި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް ސޭޝް ހަވާލުކޮށްދެއްވައިފަ އެވެ. އަދި އަހަރީ ދުވަހަށް ހާއްސަކޮށް އެޅި ކޭކެއް ވެސް، މިނިސްޓަރު ވަނީ ފަޅުއްވައި ދެއްވައިފަ އެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން އެ ސުކޫލު ގައި މިއަދު ހެނދުނު ބޭއްވި އެސެމްބްލީގައި ހޯމް މިނިސްޓަރު އަޒްލީން (މ) އަދި އެ ސްކޫލުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަޒްލީން ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުން ދައްކާފައިވާ ނަތީޖާއަކީ އެހެން ސްކޫލުތަކަށް ހުރި ނަމޫނާއެއް ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ބަދަލުތަކެއް ގެނައުމުގައި އަހުމަދިއްޔާއިން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، މިިދިޔަ އަހަރަކީ އަހުމަދިއްޔާގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި، އިމްތިހާނުތަކުން ފާސްވި ދަރިވަރުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން އެކި މުބާރާތްތަކުން ވެސް އަހުމަދިއްޔާގެ ދަރިވަރުން ޗެމްޕިއަންކަން ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރަން އެ ސުކޫލު ގައި މިއަދު ހެނދުނު ބޭއްވުނު ހާއްސަ އެސެމްބްލީގައި، ސްކޫލާއި ހައުސްތަކުގެ ދިދަނެގުމުގައި، ޕްރިންސިޕަލް މުހައްމަދު ރަޝީދު (ވ) ބައިވެރިވެވަޑައިގަންނަވަނީ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މިިދިޔަ އަހަރަކީ މި ސްކޫލުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރު. އިމްތިހާނުގައި ބައިވެރިިވި ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ފަސް މާއްދާއިން ފާސްވި. ބައިވެރިވި ކުޅިވަރުގެ ގިނަ މުބާރާތްތަކުން ވެސް ޗެމްޕިއަންކަން ހޯދި. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ރަޝީދު ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކިޔަވައިދެމުން އަންނަ އެ ސްކޫލުގައި މިހާރު 2800 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ.
އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 35ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަަށް އެ ސުކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި، އެ ސްކޫލުގެ އިސް މަގާމުތަކަށް ހޮވުނު ދަރިވަރުން ބައިވެރިވަނީ .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މައިގަނޑު ގޮތެއްގައި ސައިންސާއި ބިޒްނަސް ސްޓްރީމް ކިޔަވައިދޭ އަހުމަދިއްޔާ، އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އެއާއެކު އިންޓަނޭޝަނަލް ސްކޫލުތަކުގެ ފެންވަރަށް އެ ސްކޫލު ބަދަލުކޮށް، ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެކަމަށް ރަޝީދު ވިދާޅުވި އެވެ.
ޗެމްޕިއަންސް ރައުންޑަށް ދިވެހި ކުދިން އެމެރިކާއަށް
މައްސަލަހުރި ފޮތް ހަވާލުކުރަން އަންގައިފިން:އަހްމަދިއްޔާ
މިއީ އަމީނިއްޔާއަށް ފަހުރުވެރި ދުވަހެއް: ނާޒްލީން
އަމީނިއްޔާއަށް 75: އެތައް ބައެއްގެ އުފާވެރި މާޒީއެއް
ސްކޮލާސްކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
އަހުމަދިއްޔާ ސްކޫލަށް 37 އަހަރު ފުރުން ފާހަގަކޮށްފި
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި
އަހުމަދިއްޔާ ސްކޫލުން 274 ދަރިވަރުން ދަސްވެނިވެއްޖެ
އާ އަޒުމާއި އުއްމީދާ އެކު ދަރިވަރުންނަށް އުފާވެރިކަން