އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މި އަހަރު ގްރޭޑް 10 ކިޔެވި ދަރިވަރުން ގްރެޖުއޭޓްވެއްޖެ އެވެ.
02 ނޮވެމްބަރ 2016
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މި އަހަރު ގްރޭޑް 10 ކިޔެވި ދަރިވަރުން ގްރެޖުއޭޓްވެއްޖެ އެވެ.
ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި 217 ދަރިވަރުން ގްރެޖުއޭޓް ވެފައި ވެ އެވެ. އެ ދަރިވަރުންނަށް ވަނީ ސެޓްފިކެޓާއި ސޭޝް ހަވާލުކޮށްފަ އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގްރޭޑް ދިހައެއްގެ ގްރެޖުއޭޝަން ހަފްލާގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު، ދަރިވަރަކަށް އިނާމު ދެއްވަނީ.-- ފޮޓޯ: އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލް
ސައިންސް ސްޓްރީމް ކިޔަަވާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އިއްޔެ ނިމިފައިވާއިރު ބިޒްނަސް ސްޓްރީމް ދަރިވަރުންގެ އޯ ލެވެލް އިމްތިހާނު ނިމޭނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އޯ ލެވެލް އިން މިއަހަރު ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އިތުރު ގަޑިތައް ނެގުމާއި މާއްދާތަކާ ގުޅޭ ތަފާތު ކޭމްޕުތައް ބޭއްވުން ހިމެނޭކަން ރަޝީދު ފާހަގަކުރެއްވި އެެވެ.
އަހުމަދިއްޔާ ސްކޫލް ގްރޭޑް ދިހައެއްގެ ގްރެޖުއޭޝަން ހަފްލާގައި ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ ޝާޔަން (ވ) ދަރިވަރަކަށް އިނާމު ދެއްވަނީ.-- ފޮޓޯ: އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލް
އަހުމަދިއްޔާ ސްކޫލުން މިިދިޔަ އަހަރު 217 ދަރިވަރުން އޯ ލެވެލް ހެދި އެވެ. އޭގެ ތެރެއިން 201 ދަރިވަރުން ފަސް މާއްދާ އިން ފާސްވި އިރު 45 ދަރިވަރަކު ވަނީ އޯ ލެވެލް ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ޓްރެވެލް އެންޑް ޓޫރިޒަމް އިން ދުނިޔޭގެ ގަދަ ދިހެއްގައި ހިމެނިފަ އެވެ.
އަހުމަދިއްޔާ އިންޓަަނޭޝަނަލް ސްކޫލަކީ ރާއްޖޭގެ އެންމެ ކާމިޔާބު ސްކޫލުތަކުގެ ތެރޭގައި ހިމެނޭ އެއް ސްކޫލެވެ.
އަހުމަދިއްޔާ ސްކޫލުން 274 ދަރިވަރުން ދަސްވެނިވެއްޖެ
ވޯލްޑް ސްކޮލާސް ކަޕްގައި ދިވެހި ދަރިވަރުން ވިދާލައިފި
އާ އަޒުމާއި އުއްމީދާ އެކު ދަރިވަރުންނަށް އުފާވެރިކަން
2016: ސްކޫލުތަކަށް ކާމިޔާބު އަހަރެއް!
އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުން ހުއްޓާލަނީ
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"