ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި ކާޑުގެ އަގު ހެޔޮކުރަން ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.
03 އޮކްޓޯބަރ 2016
ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި ކާޑުގެ އަގު ހެޔޮކުރަން ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކާޑުގެ ބާވަތްތައް، އޭރެއްގައި އޮންނަ ސަރުކާރަކުން އެންމެ ލުއި އަގެއްގައި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ. އެކަމަކު ސަބްސިޑީ ކަނޑާލައި ކާޑުގެ އަގަށް މި ސަރުކާރުން ގެނައި ކުއްލި ބަދަލުން ކަންބޮޑުވާ ކަމަށް ޖޭޕީން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި މި ނިންމުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ވަނީ ކުރިމަތިވެފަ އެވެ.
"އަދި މި ދުވަސްވަރަކީ މަސްވެރިކަން ވެސް ނުހަނު ދަށް ދުވަސްވަރަކަށް ވެފައި ހާއްސަކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ގަންނަން ލިބޭ އަގުތަކަކީ މިއިން ޒަމާނެއްގައި ވެސް ބޮޑުނުވާވަރުގެ އަގުތަކަކަށްވާތީވެ، އެކަމާ މި ޕާޓީން އިންތިހާ އަށް ކަންބޮޑުވުމަށެވެ،" ބަޔާނުގައިވެ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކާޑުގެ އަގަށް ގެނައި ބަދަލާ މެދު އަލުން ވިސްނައި، ކުރިއެކޭ އެއްގޮތަށް ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ވެރިކަމާ ތަޅާފޮޅަން އަދި މާ އަވަސް: ގާސިމް
އެއްބަސްވިގޮތް ނުވިޔަސް ކޯލިޝަންގައި ތިބޭނަން: ގާސިމް
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި:ގާސިމް
އެމްޑީއެން އުވާލުމަކީ ދީނަށް ލިބުނު ނަސްރެއް: ގާސިމް
ގާސިމްގެ ރައްދު ނަޝީދަށް: ގަޑުބަޑުކުރާނެ ކަމެއް ނެތް!