08 ޖެނުއަރީ 2020
މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާ އިން ފާހަގަކޮށްލެވޭހާ ގިނަ މަސައްކަތްތައް ކުރި އަހަރެއް ކަމަށާއި އޭގެ މޭވާ މި އަހަރު ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާ އިން ފާހަގަކޮށްލެވޭހާ ގިނަ މަސައްކަތްތައް ކުރި އަހަރެއް ކަމަށާއި އޭގެ މޭވާ މި އަހަރު ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
ވޭތުވެދިޔަ އަހަރު ޔޫތު މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި "ރަން އަހަރު" ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރަކީ ކުޅިވަރުގެ ހަޔާތުގައި ރާއްޖެ އަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ. ޒުވާނުން ބާރުވެރި ކުރުވުމަށް ވެސް އެހެން އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ދުވަހަކުވެސް ނުލިބޭ ވަރުގެ ކާމިޔާބީތައް އަޅުގަނޑުމެންނަށް ވަނީ ހާސިލް ކުރެވިފައި،" ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
އެ ދެ ދާއިރާ އިތުރަށް ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކަންކަން ކާމިޔާބު ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"މިދިޔަ އަހަރު އިންދުނީ އޮށްތަކެއް. އޭގެ މޭވާ މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ކުޅުންތެރިންނާއި ޒުވާނުން ބައިވެރިވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީގެ ހަފްލާގައި ބާރު ދުވުންތެރިޔާ ސާއިދު އާއި އިތުރު ދުވުންތެރިއެއް ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަންކަމުގެ ތެރޭގައި މިނިސްޓަރު ފާހަގަ ކުރެއްވީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މި އަހަރު ފެށުމެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ 50 ފުޓްބޯޅަ ދަނޑު މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ރަށްތަކުގައި އަޅާނެ ކަމަށް ވިދާޅުވި އެވެ. އިތުރު 18 ޒުވާނުންގެ މަރުކަޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަޅާ ބައެއް ކުޅިވަރު ފެސިލިޓީގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޔޫތު މިނިސްޓްރީން ކުރާ ހަމައެކަނި ކަމަކީ ކުޅިވަރު ކުޅޭ ތަންތަން ހެދުމަށް ކަމަށް ދެކެވޭ ވާހަކަ ތަކަށް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެއީ ކަމަށެވެ. ރަށްތަކުގެ ދަނޑުތައް ހުރީ ޖަންގަލިތަކެއްގެ ގޮތުގައި ކަމަށާއި އެތަންތަން ހެދުމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެތަންތަނުގެ ބޭނުން ކުރަން މިހާރު ފަށާފައިވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ރައްޔިތުން އެދޭ ކަންކަން ކުރަން އިސްކަންދޭތީ އެ ލިސްޓުގެ އެންމެ ކުރިއަށް އަންނަނީ ފުޓްސަލް ދަނޑު. އެހެންވެ އަޅުގަނޑުމެންނަށް އެހާ ބޮޑު ސަމާލުކަމެއް ދެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މަހުލޫފް ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ ތިން އެވޯޑެއް މި އަހަރުން ފެށިގެން ދޭން ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ. އެއީ ޒުވާނުންގެ އެވޯޑާއި ކުޅިވަރުގެ ގައުމީ އިނާމުގެ އިތުރުން ޖަމިއްޔާތަކަށް ދޭ ގައުމީ އިނާމެވެ.
މިދިޔަ އަހަރު ޔޫތު މިނިސްޓްރީ 150 އެއްހާ މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ. އެގޮތުން 37 ރަށެއްގައި ފުޓްބޯޅަ ދަނޑު ހެދުމަށް 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް 55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ސްވިމިން ޕޫލަކާއި ބެޑްމިންޓަން ކޯޓްތައް ހެދުމަށް ވެސް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ.
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ޒުވާނުން އިންޑިއާއަށް
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ގެނައުން، ފިއްތުންތަކާ ގުޅިގެން މަޑުޖައްސާލައިފި
ބިލާލް ފިލިޕްސް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވެސް
ޓްރެކްގެ މަސައްކަތްތައް ލަސްވަނީ ދިރާސާ ކުރަން ޖެހުމުން
"ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންނަށް ފުރުސަތު ބޮޑު"
ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ފަށައިފި
ޒިންމާ ބުރަޔަސް މަހުލޫފަށް އޮތް ޔަގީންކަން ބޮޑު
"ހަފުތާ ރެސް"، ކުލަ ގަދަކޮށް މާދަމާ ރޭ ފަށަނީ
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން